މަހުގެ 15 ވަނަ ދުވަހުން ފެށިގެން މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީގެ އާންމު ގިނަ ހިދުމަތްތަކެއް ލިބޭނީ އެ އޮތޯރިޓީގެ ޕޯޓަލް "ދިރިތި" މެދުވެރިކޮށް ކަމަށް އެ އޮތޯރިިޓީން ބުނެފިއެވެ.
15 މާޗް 2020 އިން ފެށިގެން "ދިރިތި ޕޯޓަލް" މެދުވެރިކޮށް ލިބޭނެ ހިދުމަތްތައް:
- ކާބޯތަކެތީ އުފައްދާ ތަންތަންނަށް ދޫކުރާ ހުއްދަ
- އައިސް ޕްލާންޓުގެ ހުއްދަ
- އެކްސްޕޯޓު ކުރުމަށްޓަކާ މަސްވެރިކަން ކުރާ އަޅަނދުފަހަރުގެ ސާފުތާހިރުކަމުގެ ސެޓްފިކެޓް
- ޓްރާންސްޕޯޓް އެންޑް ސްޓޯރޭޖް ވެސެލްސް ފޮ ފިޝް އެންޑް ފިޝަރީ ޕްރޮޑަކްޓްސްއަށް ދޫކުރާ ސާފުތާހިރުމަކުގެ ސެޓްފިކެޓް
- ބޯފެން އުފުލާ އުޅަނދުފަހަރުގެ ސާފުތާހިރުކަމުގެ ސެޓްފިކެޓް
- ކާބޯތަކެތީގެ އިސްތިހާރު ފާސްކުރުން
- ފުޑް ސަޕްލިމެންޓް ރަޖިސްޓްރީކުރުން
- ކަނޑައެޅިފައިވާ އުފެއްދުންތައް ރަޖިސްޓްރީ ކުރުން
- ކާބޯތަކެތި އިމްޕޯޓުކުރާ ފަރާތްތައް ރަޖިސްޓްރީކުރުން
މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީން ބުނީ މި ޕޯޓަލް މެދުވެރިކޮށް ހިދުމަތް ހޯދުމަށް "ދިރިތި ޕޯޓަލް ޔޫސާ ރެޖިސްޓްރޭޝަން" ފޯމު ފުރިހަމަ ކުރުމަށްފަހު އެ އޮތޯރިޓީއަށް ހުށަހެޅުމަށް އަންގާ ކަމަށެވެ. އަދި އެ ފޯމު މިނިސްޓްރީ އޮފް ހެލްތުގެ ވެބްސައިޓް www.health.gov.mv އަދި އެ އޮތޯރިޓީން ލިބެން ހުންނާނެ ކަމަށް އެ އޮތޯރިޓީން ބުނެއެވެ.