ޚަބަރު

އޮސްޓްރޭލިއާ އެވޯޑްސް ސްކޮލަޝިޕްގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި

އައިދާ އަބްދުލް ހަކީމް

އޮސްޓްރޭލިއާ އެވޯޑްސް ސްކޮލަޝިޕްގައި އަންނަ އަހަރު ކިޔަވަން ބޭނުންވާ ފަރާތްތަކަށް ސްކޮލަޝިޕަށް ހުށަހެޅުމުގެ ފުރުސަތު މިނިސްޓްރީ އޮފް ހަޔާ އެޑިއުކޭޝަން ހުޅުވާލައިފިއެވެ.

ހަޔާ އެޑިއުކޭޝަނުން މިއަދު ކުރި އިއުލާނެއްގައި ބުނީ އޮސްޓްރޭލިއާ އެވޯޑްސް ސްކޮލަޝިޕަށް އެދި އެޕްލިކޭޝަން ހުށަހެޅުމުގެ ފުރުސަތު 30 އޭޕްރީލް 2020 ގެ ނިޔަލަށް ހުޅުވާލާފައިވާ ކަމަށް ކޮލަމްބޯގައި ހުންނަ އޮސްޓްރޭލިއަން ހައިކޮމިޝަނުން އަންގާފައިވާ ކަމަށެވެ.

އޮސްޓްރޭލިއާ އެވޯޑްސް ސްކޮލަޝިޕްގައި ކޯސްތަކަށް ކުރިމަތިލުމުގެ ޝަރުތުތަކާއި އެޕްލައި ކުރެވޭނެ ދާއިރާތަކާއި އިތުރު މައުލޫމާތު އިއުލާނާއިއެކު އެ މިނިސްޓްރީގެ ވެބްސައިޓް www.mohe.gov.mv އިން ލިބެން ހުންނާނެ ކަމަށް ހަޔަ އެޑިކޔުކޭޝަނުން ބުނެ އެވެ. އަދި https://australiaawardsmaldives.org އިން ވެސް ސްކޮލަޝިޕާއި ގުޅޭ މައުލޫމާތު ލިބެން ހުންނާނެ ކަމަށް ހަޔާ އެޑިއުކޭޝަނުން ބުންޏެވެ.

ހަޔާ އެޑިއުކޭޝަނުން ބުނީ މިކޯސްތަކަށް ހޮވޭ ފަރާތްތަކުން، ކޯހަށް ފުރުމުގެ ކުރިން އެ ޔުނިވަސިޓީއަކީ މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީ (އެމްކިޔުއޭ) އިން ގަބޫލުކުރާ ޔުނިވަސިޓީއެއްތޯ އާއި ހޮވިފައިވާ ކޯހަކީ އެމްކިޔުއޭ އިން ގަބޫލުކުރާ ކޯހެއްތޯ ކަށަވަރު ކުރަން އެދޭ ކަމަށެވެ. ބައެއް ފަހަރު ކޯސް ލިބި ރާއްޖެއިން ބޭރުން ކޯސް ފުރިހަމަ ކުރާ ފަހުން ރާއްޖެ އައިސް އެމްކިޔުއޭގައި އިން އެކްރެޑިޓް ނުވާ މައްސަލަތައް ދިމާވެފައި އެބަހުއްޓެވެ.