ޚަބަރު

ލިވިން އެކްސްޕޯ 2020: އެކުއާ ވިޓާއިން އެޕާޓްމަންޓް ގަންނަން ބޭނުންވާ ފަރާތްތަކަށް ހާއްސަ ޑިސްކައުންޓްތަކެއް!

އަލީ ޔާމިން

މިހާރު ދަރުބާރުގޭގައި ކުރިއަށްދާ ލިވިން އެކްސްޕޯގެ ތެރެއިން އެކުއާ ވިޓާގެ ސްޓޯލަށް ޒިޔާރަތްކޮށްގެން ހުޅުމާލޭގެ ފުރަތަމަ ފިޔަވަހީގެ ހިތްގައިމު ސަރަހައްދެއްގައި ހަދަމުން އަންނަ އެކުއާ ވިޓާ ރެސިޑެންސްއިން އެޕާޓްމެންޓް ގަންނަން ބޭނުންވާ ފަރާތްތަކަށް ހާއްސަ ޑިސްކައުންޓެއް ލިބޭނެއެވެ.

އެކުއާ ވިޓާ ރެެސިޑެންސްއަކީ ހުޅުމާލޭގެ ފުރަތަމަ ފިޔަވަހީގައި އިމާރާތްކުރަމުން އަންނަ 14 ބުރީގެ ލަގްޒަރީ ކޮންޑޯމިނިއަމްއެކެވެ. އެކުއާ ވިޓާގައި ޖުމްލަ 104 އެޕާޓްމެންޓް ހިމެނޭ އިރު، މިހާރު ލިބެން ހުރީ ހަމައެކަނި ޓޫ ޕްލަސް ވަން އަދި ތުރީ ޕްލަސް ވަންގެ އެޕާޓްމެންޓުތަކެވެ.

އެކުއާ ވިޓާގެ އޮފިޝަލަކު "ވަން"އަށް ވިދާޅުވީ، ލިވިން އެކްސްޕޯއަށް ޒިޔާރަތްކޮށްގެން އެޕާޓްމެންޓް ގަންނަން ބޭނުންވާ ފަރާތްތަކަށް ހާއްސަ ޑިސްކައުންޓެއް ލިބިގެންދާނެ ކަމަށެވެ.

"ދެން މިއުޅެނީ މިހާރު އެންމެ ލޯވެެސްޓް ޕްރައިޒްކޮށް އަޅުގަނޑުމެން ވިއްކާ ޓޫ ޕްލަސް ވަންގެވެސް، ތުރީ ޕްލަސް ވަންގެ ވެސް ލިވިން އެކްސްޕޯއަށް އެބަދެން ޑިސްކައުންޓެއް. މިކޮޅަށް ވަޑައިގެން މިކޮޅުން ބުކްކޮށްލާފައި، ނޫނީ އަޅުގަނޑުމެންނާ ވާހަކަ ދައްކާލާފައި އަޅުގަނޑުމެން އޮފާކުރަން އެބަ ޑިސްކައުންޓް ޕްރައިސްތަކެއް ކްލައިންޓުންނަށް. އެ އޮފާ ލިވިން އެކްސްޕޯގައި އިންނާނެ. މިހާރު އެންމެ ލޯވެސްޓް މިއުޅެނީ ތުރީ ޕްލަސް ވަން 3.5 މިލިއަނަށް، ޓޫ ޕްލަސް ވަން ދެ މިލިއަނަށް. އެއީ ލިވިން އެކްސްޕޯ ޑިސްކައުންޓާއެކު،" އޮފިޝަލް ވިދާޅުވިއެވެ.

އެޕާޓްމެންޓާއެކު ހުރިހާ ރޫމްތަކަށް ވޯޑްރޮބްވެސް ދޭނެ ކަމަށް އޮފިޝަލް ވިދާޅުވިއެވެ.

"ވަޓް ވީ އޮފާ އިޒް ސެމީފާނިޝްޑް ކިޗެން ކެބިނެޓް ހަމަ ފުލް ސެޓް އެއްކޮށް އެބަދެން. ބާތުރޫމް ފިކްސްޗާސް އެކްޑް ފިޓިން ބޭނުން މިކުރަނީ "ކޮލާ" ބްރޭންޑް. މިކޮޅުން އެބަދެން ވޯޑްރޮބް ވެސް ހުރިހާ ރޫމްތަކަށް. މިކޮޅުން ދޭނަން ހޯމް އިމްޕްރޫވްމެންޓް ސިސްޓަމް ސްމާޓް ސޮލިޔުޝަންވެސް،" އޮފިސަލް ވިދާޅުވިއެވެ.

މީގެ އިތުރުން އެހެން އެޕާޓުމެންޓްތަކާ ހިލާފަށް އެކުއާ ވިޓާގެ އެޕާޓްމެންޓްތަކުގައި ޖަހާފައިވާ ބިއްލޫރިއަކީ ފެންވަރު ރަނގަޅު ބިއްލޫރިއެއް ކަމަށް އޮފިޝަލް ފާހަގަކުރެއްވިއެވެ.

"އެހެން ތަންތަނާ ހިލާފަށް މިކޮޅުގައި އުޅޭނެ ވިންޑޯސް ޑަބަސް ގްލޭސްޑް ވަން، 10 މިލިމީޓާސް ތިކްވާނެ. ހީޓް ޕްރޫފް، ސައުޑް ޕްރޫފް، ޑަސްޓް ޕްރޫފް،" އޮފިޝަލް ވިދާޅުވިއެވެ.

އެކުއާ ވިޓާގައި ސްވިމިން ޕޫލަކާއި ޖިމް އަދި ކްލަބް ހައުސެއް ވެސް ހިމެނެއެވެ. މީގެ އިތުރުން ކާރު އަދި ސައިކަލު ޕާކު ކުރާނެ ޕާކިން އޭރިއާއެއްވެސް އެ ކޮންޑޯމިނިއަމްގައި އެކުލެވިގެންވެއެވެ.

އެކުއާ ވިޓާގެ އޮފިސަލް ވިދާޅުވީ، މިއަހަރުގެ އޮގަސްޓުމަހުގެ ތެރޭގައި ހުރިހާ ކްލިއެންޓުންނަށް އެޕާޓްމެންޓަށް ވަދެވޭވަރުވާނެ ކަމަށާއި ހުރިހާ އެޕާޓްމެންޓެއް ވެސް ލަގްޒަރީވާނެ ކަމަށެވެ.

އެކުއާ ވިޓާއަކީ ފާއިތުވި އަހަރުގެ އިތުރުން މިއަހަރުވެސް ލިވިން އެކްސްޕޯގެ ކޯ ޕާޓްނަރެވެ.