Close
ކުއްލި ޚަބަރު

ފެމިލީ ކޯޓުގެ ގާޒީ ހުޒައިފާ އާއި ލ. ގަމު ކޯޓުގެ އިސްމެޖިސްޓްރޭޓްގެ ސުލޫކީ މައްސަލައެއް ބަލަނީ

1

ފެމިލީ ކޯޓުގެ ގާޒީ ހުޒައިފާ މުހައްމަދާއި ލ. ގަމު މެޖިސްޓްރޭޓް ކޯޓުގެ އިސްމެޖިސްޓްރޭޓްގެ ސުލޫކީ މައްސަލައެއް ބަލަން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމައިފިއެވެ.

ޖޭއެސްސީން މިއަދު ބޭއްވި އެ ކޮމިޝަންގެ ބައްދަލުވުމުގައި ނިންމި ކަންތައް ހިއްސާކޮށް ނެރުނު ނޫސްބަޔާނެއްގައި ބުނީ، ގާޒީ ހުޒައިފާ އާއި ލ. ގަމު މެޖިސްޓްރޭޓް ކޯޓުގެ އިސްމެޖިސްޓްރޭޓް އަބްދުލްފައްތާހު އަބްދުލްޣަފޫރުގެ ސުލޫކީ މައްސަލަ ބެލުމަށް ތަހުގީގު ކޮމިޓީއެއް އެކުލަވާލާފައިވަ ކަމަށެވެ.

އެ ދެމީހުންގެ ސުލޫކީ މައްސަލައެއް ބަލަމުންދަނީ ކޮން މައްސަލައެއް ކަމެއް ޖޭއެސްސީއަކުން ހާމައެއް ނުކުރެއެވެ.

މިދިޔަ އަހަރުގެ ޖޫން މަހުގެ ތެރޭގައި ވެސް ހުޒައިފާގެ މައްސަލައެއް ޖޭއެސްސީއަށް ހުށަހެޅިއެވެ. ފެމިލީ ކޯޓުގެ މުވައްޒަފަކު ހުށަހެޅި އެ މައްސަލައިގައި ތުހުމަތުކޮށްފައިވަނީ މަގާމުގެ ބާރު ބޭނުންކޮށްގެން ވަކި ބަޔަކަށް ނާޖައިޒު މަންފާ ހޯދައިދިނުމަށް ހުޒައިފާ މަސައްކަތް ކުރައްވާ ކަމަށެވެ. ނަމަވެސް ޖޭއެސްސީން ފަހުން ވަނީ އެ މައްސަލަ ނުބަލަން ނިންމައިފައެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟