ޚަބަރު

ހުޅުމާލޭގައި ހަދަމުންދާ އިމާރާތަކުން ވެއްޓި ބިދޭސީއަކަށް ބޮޑެތި އަނިޔާތަކެއްވެއްޖެ

އަލީ ޔާމިން

ހުޅުމާލޭގައި ހަދަމުންދާ އިމާރާތަކުން ވެއްޓި ބިދޭސީއަކަށް ބޮޑެތި އަނިޔާތަކެއް ވެއްޖެއެވެ.

ފުލުހުން ބުނީ، އެ ހާދިސާގެ މައުލޫމާތު ލިބިފައިވަނީ މިއަދު ހަވީރު 5:45 ހާއިރު ކަމަށެވެ. ހާދިސާގައި ވެއްޓިފައިވަނީ އިމާރާތެއްގެ ދެވަނަ ފަންގިފިލާގެ ގޯޅިއަށްވީ ދިމާލު ބޭރުފާރުގައި ކުލަލާން އުޅުނު 29 އަހަރުގެ ބަންގްލަދޭޝް މީހެއް ކަމަށް ފުލުހުން ބުނެއެވެ.

އެމީހާ ވެއްޓި ޖެހިފައިވަނީ ގޯޅީގެ ތިރީގައި ހުރި ޖަންގުޝަން މަށްޗަށް ކަމަށާއި ހާދިސާގައި އޭނާގެ މޫނަށާއި ބޮލަށް އެކިވަރުގެ އަނިޔާތައް ލިބިފައިވާތީ ހުޅުމާލެ ހޮސްޕިޓަލްގައި ފަރުވާ ދެމުންދާ ކަމަށް ވެސް ފުލުހުން މައުލޫމާތުދެއެވެ.

އެ ހާދިސާއާ ގުޅިގެން ބަލަން ޖެހޭ ކަންކަން ފުލުުން މިހާރު ދަނީ ބަލަމުންނެވެ.