ބޮލީވުޑް

ކާތިކްގެ ފޭވަރިންޓް ކޯސްޓާ އެނގޭތަ؟ ސާރާ އަދި އަނަންޔާއެއްވެސް ނޫން!

ކާތިކް އާރްޔަންގެ ފިލްމު "ލަވް އާޖް ކަލް" މިދިޔަ ހުކުރު ދުވަހު ރިލީސްކޮށްފައިވާއިރު އަދިވެސް ތިއޭޓަރުތަކަށް ފިލްމު ބެލުމަށް ދާ މީހުން މަދެއް ނޫނެވެ.

ކާތިކް މިހާރު ވަނީ އެހެން ފިލްމެއްގެ މަސައްކަތް އަނެއްކާވެސް ފަށާފައެވެ. އޯމް ރާތުގެ އެކްޝަން އެންޓަޓެއިނާ ފިލްމުގެ މަސައްކަތް ފެށުމުގެ ގޮތުން ފިލްމުގެ ލައިންތައް ރިހާސް ކުރަން އޭނާ ވަނީ ފަށާފައެވެ. އެކަން ކާތިކް ހާމަކުރީ އިންސްޓަގްރާމުގައި ހިއްސާކުރި ފޮޓޯއަކުންނެވެ. އެ ޕޯސްޓުގައި ބުނެފައިވާ ގޮތުގައި ލައިންސް ރިހާސްކުރަމުން އަންނަނީ އޭނާގެ ފޭވަރިޓް ކޯސްޓާއާ އެކުކގައެވެ. އެއީ ސާރާ އަލީ ޚާން ނުވަތަ އަނަންޔާ ޕާންޑޭ އެއްވެސް ނޫނެވެ. އެއީ އޭނާގެ ބުޅަލެވެ.

ޖިމްގައި ފްރޮންޓް ފްލިޕް ހަދާ މަންޒަރު ފެންނަ ވީޑިއޯއެއްވެސް ކާތިކް ވަނީ އިއްޔެ ހިއްސާކޮށްފައެވެ. އެހެންކަމުން އެ ފިލްމުގައި އޭނާ ސްޓަންޓްސް ހަދާނެކަން އެނގެ އެވެ. މި ފިލްމަށް އަދި ނަމެއް ދީފައި ނުވި ނަމަވެސް ފިލްމާ ގުޅޭގޮތުން ކާތިކް ބުނެފައިވާ ގޮތުގައި އެކްޝަން ފިލްމެއް ކުޅުމަށް އޭނާ ހުރީ ވަރަށް ބޭނުން ވެފައެވެ.

"ވަރަށް ފަހުން ތަންހާޖީ ބެލީ. އާޝޯހުވެގެން ދިޔައީ އޭގެ ވިޝުއަލްސް އަދި ނެރޭޝަން ފެނިގައި. އެކްޝަން ފިލްމުތައް ތުރީޑީކޮށް ހެދުމަކީ އެއާ އަޅާކިޔޭނެ އެއްޗެއް ނޫން. މި ފިލްމު ކުޅުމަށް މިހިރީ ވަރަށް އެކްސައިޓް ވެފައި. ފިލްމުގައި ކުރަން ޖެހޭ އެކްޝަން ބައިތައް ޝޫޓް ކުރަން ނުފެށިފަ މިހުރީ" ކާތިކް ދިން އިންޓަވިއުގައި ބުންޏެވެ.

އެ ފިލްމުގެ އިތުރުން ކިއާރާ އަދްވާނީ އާއެކު ފިލްމު "ބޫލް ބުލައްޔާ 2" އަދި ޖާންވީ ކަޕޫރާއެކު ފިލްމު "ދޯސްތާނާ 2" އިންވެސް ކާތިކް ފެނިގެން ދާނެއެވެ.