ޚަބަރު

ތިނަދޫ ބަނދަރުގައި އޮތް ލޯންޗެއް ދިޔަވެ، އަޑިއަށް ގޮސްފި

އަލީ ޔާމިން

ގދ. ތިނަދޫ ބަނދަރުގައި އަޅާފައި އޮތް ލޯންޗެއް ދިޔަ ވެގެން އަޑިއަށް ހިނގައްޖެއެވެ.

އެމްއެންޑީއެފުން ބުނީ، ތިނަދޫ ބަނދަރުގައި އަޅާފައި އޮތް 18 ފޫޓުގެ ލޯންޗެއް ދިޔަވެ، އަޑިއަށް ގޮސްފައިވާކަމުގެ މައުލޫމާތު ތިނަދޫގައި ހުންނަ އެންއެންޑީއެފްގެ ފަޔާ ސްޓޭޝަނަށް ލިބިފައިވަނީ މިރޭ 11:06 ހާއިރު ކަމަށެވެ.

ލޯންޗުގެ ވެރިފަރާތުން ހަމަޖެއްސި ކެރޭނެއްގެ އެހީގައި ލޯންޗު ފެން މަށްޗަށް ހިއްލާލުމަށްފަހު ލޯންޗުގެ ދިޔަ ހިއްކުމަށް ސިފައިން އެހީތެރިވަމުން އަންނަ ކަމަށް ބުންޏެވެ.

ނަމަވެސް ހާދިސާ ހިނގިއިރު ލޯންޗުގައި އެއްވެސް މީހަކު ނެތެވެ.