ބޮލީވުޑް

އަނިލް ކަޕޫރާއި ދަރިފުޅު ހަރްޝްވަރްދަން ކަޕޫރު އެކުގައި ފެނިގެންދާ ފިލްމުގެ ޝޫޓިން ފަށައިފި

އޮލިމްޕިކް ގޯލްޑް މެޑަލިސްޓް އަބީނަވް ބިންދްރާގެ ބައޯޕިކްގެ ޝޫޓިން ސުޕާ ސްޓާ އަނިލް ކަޕޫރާއި ދަރިފުޅު ހަރްޝްވަރްދަން ކަޕޫރު އެކުގައި ފެނިގެންދާ ފިލްމުގެ ޝޫޓިން ފަށައިފިއެވެ.

އެކަން އިއުލާން ކުރީ އަނިލް އޭނާގެ ޓުވިޓަރުގައެވެ. މި ފިލްމުގެ ޝޫޓިން ފެށިގެން މިދިޔައީ ތިން އަހަރުގެ ޑިލޭއަކަށް ފަހުއެވެ.

ފިލްމުގައި ހަރްޝްވަރްދަން ފެނިގެންދާނީ "އޭސް ޝޫޓާ" އެއްގެ ރޯލުންނެވެ. ފިލްމުގައި އަނިލް ކުޅެނީ ހަރްޝްގެ ބައްޕަގެ ރޯލެވެ. މިއީ މި ދެބަފައިން ފިލްމެއްގައި ބައްޕަ އަދި ދަރިފުޅުގެ ރޯލުން ފެނިގެންދާނެ ފުރަތަމަ ފަހަރެވެ. އަދި މި ދެބަފައިން އެކުގައި ކުޅޭ ފުރަތަމަ ފިލްމުވެސް މެއެވެ.

ސެޕްޓެމްބަރު 2017ގައި ހަރްޝް ވަނީ މި ބައޯޕިކް ކުޅުމަށް ލިބުނީތީ އެކަމާ އުފާކުރާ ކަމަށް ބުނެފައެވެ. ނަމަވެސް އެެކި ސަބަބުތަކާ ހެދި ފިލްމުގެ މަސައްކަތް އޮތީ ކުރިއަށް ނުގެންދެވިއެވެ.

ފިލްމު ރިލީސް ކުރާނެ ތާރީހެއްވެސް އަދި ރަސްމީކޮށް އިއުލާނެއް ނުކުރެއެވެ.