ޚަބަރު

ކްރޮސްރޯޑް ކައިރިއަށް ޔޮޓެއް ފަރަށް އަރައިފި

އަލީ ޔާމިން

ޔޮޓެއް ފަރަށް އަރައިގެން އެމްއެންޑީއެފުން ހަރަކާތްތެރިވާން ފަށައިފިއެވެ.

އެމްއެންޑީއެފުން ބުނީ، މިރޭ 9:09 އެހާކަންހާއިރު ލިބުނު އެ ރިޕޯޓްގައި ޔޮޓު ފަރަށް އަރާފައިވަނީ ވާދޫ ކަނޑުއޮޅިން ކްރޮސްރޯޑްއާ ކައިރިއަށް ކަމަށެވެ.

އެ ޔޮޓަށް އެހީތެރިކަން ފޯރުކޮށްދިނުމަށް އެމްއެމްޑީއެފްގެ މާލެ އޭރިއާ ކޯސްޓް ގާޑް ސްކޮޑުން ހަރަކާތްތެރިވާން ފަށައިފައިވާ ކަމަށް އެމްއެންޑީއެފުން ބުނެއެވެ.