ޚަބަރު

ހުޅުމާލޭގައި އެކްސިޑެންޓެއް ހިނގައި ދެ ކާރަކަށް ބޮޑެތި ގެއްލުންތަކެއް

މަރިޔަމް ޝަހުދާ

ހުޅުމާލޭގައި ދެ ކާރެއްޖެހި އެކްސިޑެންޓެއް ހިނގައިފި އެވެ.

ފުލުހުން މައުލޫމާތު ދިން ގޮތުގައި ދެ ކާރު ޖެހި ހިނގި މި އެކްސިޑެންޓުގައި އެއްކާރުގައި ތިބީ ތިން މީހުންނެވެ. އަނެއްކާރުގައި އިނީ ޑްރައިވަރު އެކަންޏެވެ. ދެ ކާރުގައި ތިބި މީހުންނަށް ވެސް އެކި ވަރުގެ އަނިޔާ ލިބިފައިވާ ކަމަށް ފުލުހުން ބުނެއެވެ.

އެކްސިޑެންޓުވި ދެކާރު ވަނީ ވަރަށް ބޮޑަށް ހަލާކުވެފަ އެވެ. އެކްސިޑެންޓުގެ ފޮޓޯތަކަޑް ބަލާ އިރު، ޖެހިފައި ވަނީ އެއް ކާރުގެ ކުރީކޮޅުން އަނެއްކާކުރެ ޑްރައިވަރު އިންނަ ހިސާބާ ދިމާ އަރިމަތީން ކުރިމަތީގަ އެވެ.

ރޭ ފަތިހު 4:10 ހާއިރު މި އެކްސިޑެންޓު ހިނގާފައިވަނީ ހުޅުމާލޭ ރީތިގަސްމަގުން އުތުރުން ދެކުނަށް ދުއްވާފައި ދިޔަ ކާރެއްގައި، އެމަގުގެ ދެކުނުން އުތުރަށް ދުއްވާފައި ދިޔަ ކާރެއް ޖެހިގެން ކަމަށް ފުލުހުން ބުނެއެވެ.

މި ދެ ކާރު ވެސް ދުއްވަން ތިބީ ދިވެހީން ކަމަށާއި އޭގެން އެކެއްގެ އަތުގައި ލައިސަންސް ނެތް ކަމަށް ވެސް ފުލުހުން ބުނެއެވެ.