ޚަބަރު

އެކި ދުވަސް މަތިން ކުޑަ ތިންކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލައެއްގައި މީހަކު ހައްޔަރުކޮށްފި

މަރިޔަމް ޝަހުދާ

އެކި ދުވަސް މަތިން 18 އަހަރުން ދަށުގެ ތިން ކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލައެއްގައި 30 އަހަރުގެ މީހަކު ހައްޔަރުކޮށްފި އެވެ.

ފުލުހުން ބުނީ މި މީހާ ހައްޔަރުކޮށްފައިވަނީ 7 އަަރާއި 10 އަހަރުގެ ދެ އަންހެންކުދިންނާއި 13 އަހަރުގެ ފިރިހެންކުއްޖަކަށް އެކި ދުވަސް މަތިން ޖިންސީ ގޯނާކޮށްފައިވާ ކަމުގެ ތުހުމަތުގައި ކަމަށެވެ.

އުތުރުގެ ރަށަކުން މި މައްސަލަ ރިޕޯޓުކޮށްފައިވަނީ އިއްޔެ ކަމަށް ފުލުހުން ބުނެއެވެ. އަދި މި މައްސަލައިގައި 30 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރުކޮށްފައިވަނީ ކޯޓު އަމުރެއްގެ ދަށުން މިއަދު ކަމަށް ފުލުހުން ބުނެއެވެ.

ކުޑަކުދިންނާ ގުޅޭ މައްސަލަ ތަކުގައި ކުއްޖާގެ ވަނަވަރު ރައްކާތެރިކުރުމުގެ ގޮތުން ކުއްޖާގެ އަތޮޅާއި ރަށް ހާމައެއް ނުކުރެއެވެ.