ދުނިޔެ

އިންޑިއާގެ ބައި ބިލިއަން މީހުނަށް ހެލްތް ކެއަރ ހިލޭ

އިންޑިއާގެ ބޮޑު ވަޒީރު ނަރެންދްރަ މޯދީ ދުނިޔޭގެވެސް އެންމެ ބޮޑު ހެލްކެއަރ ޕްރޮގްރާމް ތައާރަފް ކޮށްފިއެވެ. "މޯދީކެއަރ" ގެ ނަމުން މަޝްހޫރު ވެފައިވާ މި ޕްރޮގްރާމަކީ އިންޑިއާގެ ބައި ބިލިއަން ފަގީރުންނަށް ހާއްސަ ޕްރޮގްރާމެކެވެ.

މޯދީކެއަރ ވަނީ މިއަހަރު ކުރީކޮޅު އިންޑިއާގެ ބަޖެޓް އިއުލާން ކުރިއިރު އިއުލާން ކޮށްފައެވެ. ނަމަވެސް މިކަން ތައާރަފު ކޮށްފައި މިވަނީ މިދިޔަ އާދިއްތަ ދުވަހުއެވެ. މިއީ ގާތްގަނޑަކަށް 100 މިލިއަން ފަގީރު އާއިލާއަށް ނުވަތަ 500 މިލިއަން މީހުނަށް ހިލޭ ބޭސްފަރުވާ ލިބޭނެ ޕްރޮގްރާމެކެވެ. އެއީ ގާތްގަނޑަކަށް 500،000 ރުޕީސް ނުވަތަ 7800 ޑޮލަރު އަހަރަކަށެވެ.

މިކަމާ ގުޅިގެން އާދިއްތަ ދުވަހު މޯދީ ވަނީ ޓުވީޓެއްވެސް ކުރައްވާފައެވެ. މޯދީގެ ޓުވީޓުގައި މިކަމުގެ ބޮޑު ކަމުގެ ވާހަކަ ފާހަގަ ކުރި ނަމަވެސް އިންޑިއާ ސިއްހީގޮތުން ދުޅަހެޔޮކުރުމަށް ކަމުގެ މުހިއްމުކަން ވަނީ ފާހަގަ ކޮށްފައެވެ.

މޯދީކެއަރ އިން އެތައް ބަޔަކަށް އިތުރު ހިތްވަރެއް ވަނީ ލިބިފައެވެ. ހާއްސަކޮށް ފަގީރުންނަށް ބޭސްފަރުވާ ހިލޭ ލިބުމަކީ ވަރަށް ބޮޑު އުފަލެކެވެ. ނަމަވެސް ޕްރީ އިލެކްޝަންގެ ކުރިން މޯދީކެއަރ ތައާރަފު ކުރުމުން ފާޑުކިޔާ ފަރާތްތަކުން މިކަމާ މެދު ސުވާލު އުފައްދައި މޯދީއަށް އޭނާގެ ވައުދު ފުއްދޭނެ ކަމާމެދު ވަނީ ސުވާލު އުފައްދާފައެވެ.