ޚަބަރު

ހުކުރު ދުވަސްތަކުގައި ހުޅުމާލެ ޕެޓްރޯލް ޝެޑް ހުޅުވާފައި ހުންނާނީ ހެނދުނު

އަލީ ޔާމިން

ހުޅުމާލޭގައި ހުންނަ ފިއުލް ސަޕްލައި މޯލްޑިވްސް (އެފްއެސްއެމް)ގެ ޕެޓްރޯލް ޝެޑް ހުކުރު ދުވަސްތަކުގައި ހުޅުވާ ގަޑިއަށް ބަދަލު ގެނެސްފިއެވެ.

އެފްއެސްއެމް އިން މިއަދު ކުރި ޓުވީޓެއްގައި ބުނެފައިވަނީ، މާދަމާ އިން ފެށިގެން ހުކުރު ދުވަސް ދުވަހު ހުޅުމާލޭގައި ހުންނަ އެ ކުންފުނީގެ ފިއުލް ޝެޑް ހުޅުވާނީ ހެނދުނު 8:00 އިން 10:00 އަށް ކަމަށެވެ.

މިއީ ވަގުތީގޮތުން ގެނެސްފައިވާ ބަދަލެއް ކަމަށާއި އެނޫން ގަޑިތަކުގައި ހުކުރު ދުވަހު އެ ޝެޑުން ޕެޓްރޯލް ނުވިއްކާނެ ކަމަށް ވެސް އެފްއެސްއެމް އިން ބުނެއެވެ.

އެފްއެސްއެމްއަކީ ރާއްޖޭގެ ތެލުގެ ވިޔަފާރީގައި އެންމެ ވަރުގަދަ އެއް ކުންފުންޏެވެ. މާލޭގައި ދުއްވާ ވެހިކަލްތަކަށް ބޭނުންވާ ތެޔޮ ސަޕްލައިކޮށް ދިނުމަށް އެ ކުންފުނިން މާލޭގެ ހަތަރު ޝެޑެއް އޮޕަރޭޓް ކުރެއެވެ.