ޚަބަރު

15 އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުގައި ބިދޭސީއަކު ހައްޔަރުކޮށްފި

އަހުމަދު ވަޖީފު

ދެކުނުގެ ރަށެއްގައި އުމުރުން 15 އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުގައި ބިދޭސީއަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނީ، އަންހެން ކުއްޖަކަށް 40 އަހަރުގެ ބަންގުލަދޭސް ފިރިހެނަކު ޖިންސީ ގޯނާކުރި މައްސަލައެއް ހުށަހެޅީ މިދިޔަ އަންގާރަ ދުވަހު ކަމަށެވެ.

އެ މައްސަލައާ ގުޅިގެން ހަމަ އެދުވަހު ކޯޓް އަމުރެއްގެ ދަށުން ބިދޭސީ މީހާ ހައްޔަރުކުރި ކަމަށާއި އަދި އޭނާގެ ބަންދަށް މިހާރު 15 ދުވަސް ޖަހާފައިވާ ކަމަށް ފުލުހުން ބުނެއެވެ. ފުލުހުން މިހާރު ދަނީ އެ މައްސަލަ ތަހުގީގު ކުރަމުންނެވެ.

ކުޑަ ކުއްޖަކަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުގައި ބިދޭސީއަކު ހައްޔަރު ކޮށްފައިވާއިރު، ނޯޓް ޕޮލިސް ޑިވިޝަންގައި ހިމެނޭ ރަށެއްގައި މެދު އުމުރުގެ އަންހެނެއް ދިރިއުޅޭ ގެއަށް ވަދެ އޭނާއަށް ޖިންސީ ފުރައްސާރަކުރި މައްސަލައެއްގައި އިއްޔެ ވަނީ ބިދޭސީއަކު ހައްޔަރު ކޮށްފައެވެ.