ވިޔަފާރި

މޯލްޑިވިއަން ސުޕާ ސޭލް: މިއަދުގެ އައްޑޫ ދަތުރުތަކަށް މޯލްޑިވިއަންގެ ހާއްސަ އަގެއް!

މަރިޔަމް ޝަހުދާ

މާލެ އިން އައްޑޫ ސިޓީގެ ގަމަށް އަދި އައްޑޫ ސިޓީގެ ގަމުން މާލެއަށް މިއަދު ކުރާ ދަތުރު ތަކަށް މޯލްޑިވިއަން އިން ފެއާ އަގުގައި ޓިކެޓް ވިއްކުމަށް ސޭލް އިއުލާނުކޮށްފިއެވެ.

މޯލްޑިވިއަނުން މައުލޫމާތު ދިންގޮތުގައި މިއަދު މާލެއިން ގަމަށް އަދި ގަމުން މާލެއަށް ދަތުރު ކުރުމަށް އެއްކޮޅު ޓިކެޓު ވިއްކުމަށް ހަމަޖައްސާފައިވަނީ ފެއާ އަގު ކަމަށްވާ 849 ރުފިޔާ އަށެވެ. އެއީ މޯލްޑިވިއަނުން މިއަދު ދަތުރު ކުރުމަށް ހަމަޖައްސާފައިވާ ފްލައިޓް Q2 106 އަދި Q2 107 ގެ ދަތުރުތަކަށް އެކަނި ކަމަށް މޯލްޑިވިއަނުން ބުނެއެވެ.

މީގެ ތެރެއިން އައްޑޫ އިން މާލެއަށް ދަތުރުކުރާ Q2 107 ފްލައިޓަކީ މިއަދު 18:30 ގައި ފުރުމަށް ޝެޑިއުލް ކޮށްފައިވާ ފްލައިޓެކެވެ. އަދި Q2 106 ފްލައިޓު މާލެއިން އައްޑޫއަށް ދަތުރު ކުރުމަށް ޝެޑިއުލް ކޮށްފައިވަނީ މިއަދު 16:30 ގައެވެ.

އެގޮތުން މި ފްލައިޓްގައި ދަތުރު ކުރުމަށް މިހާރު ބުކިންގްސް އަށް ހުޅުވާލާފައިވާ ކަމަށް މޯލްޑިވިއަނުން މައުލޫމާތު ދެއެވެ. ބުކިން ހަދަން ބޭނުންވާ ފަރާތްތަކުން މޯލްޑިވިއަންގެ 3335544 ނަންބަރަށް ގުޅުއްވައިގެން ބުކިން ހެދޭނެ ކަމަށް މޯލްޑިވިއަނުން ބުނެއެވެ.

މޯލްޑިވިއަންގެ އެންމެ ފަހުގެ ޕްރޮމޯޝަންތަކާއި ހާއްސަ ފެއާ އަގުތަކުގެ މައުލޫމާތު އެ އެއާލައިނުން މި ހަފުތާގައި ތައާރަފު ކުރި މޯބައިލް އެޕްލިކޭޝަނުން ބަލައިލެވެއެވެ. އަދި މި އެޕްލިކޭޝަން މެދުވެރިކޮށް ބުކިން ހެއްދުމުގެ އިތުރުން، ޓިކެޓަށް ފައިސާވެސް ދެއްކެއެވެ.