ރައްޔިތުންގެ މަޖިލިސް

މަޖިލީހުގެ މި ދައުރަށް ފޮނުވަން ގަސްދުކުރާ 56 ބިލުގެ ލިސްޓު ރައީސް އޮފީހުން މަޖިލީހަށް ފޮނުއްވައިފި

މަރިޔަމް ޝަހުދާ

ރައްޔިތުންގެ މަޖިލީހުގެ މި އަހަރުގެ ފުރަތަމަ ދައުރަށް، ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ފޮނުވަން ނިންމާފައިވާ 56 ބިލުގެ ލިސްޓު، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މަޖިލީހަށް ފޮނުއްވައިފި އެވެ.

އެޓާނީ ޖެނެރަލް، އޭޖީ އޮފީހުން މައުލޫމާތުދޭ ގޮތުގައި މަޖިލީހުގެ ރައީސަށް ހުށަހެޅި 56 ބިލުގެ ތެރޭގައި މުޅިން އަލަށް އެކުލަވާލަން ޖެހޭ 24 ބިލެއް ހިމެނެއެވެ. ބާކީ 32 ބިލަކީ އެކި ގާނޫނުތަކަށް ގެންނަންޖެހޭ އިސްލާހުތައް ގެނައުމުގެ ބިލްތައް ކަމަށް އޭޖީ އޮފީހުން މައުލޫމާތު ދެއެވެ.

މި ބިލު ތަކުގެ ތެރެއިން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށް ޓަކައި، 10 ބިލެއް މިހާރު ވަނީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް ފޮނުއްވާފައި ކަމަށް ވެސް އޭޖީ އޮފީހުން ބުނެ އެވެ. އެ 10 ބިލަކީ؛

  • ނަފްސާނީ ސިއްތުގެ ބިލު
  • ދިވެހި ފުލުހުންގެ ހިދުމަތުގެ ބިލު
  • ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާބެހޭ ގާނޫނަށް އިސްލާޙު ގެނައުމުގެ ބިލު
  • ދިވެހިރާއްޖޭގެ އެކްސްޕޯޓް އިމްޕޯޓްގެ ގާނޫނަށް އިސްލާޙު ގެނައުމުގެ ބިލު
  • ޖިނާއީ އިޖުރާއަތުގެ ގާނޫނަށް އިސްލާޙު ގެނައުމުގެ ބިލު
  • ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނަށް އިސްލާޙު ގެނައުމުގެ ބިލު
  • ވަޒީފާއާބެހޭ ގާނޫނަށް އިސްލާޙު ގެނައުމުގެ ބިލު
  • ދިވެހިރާއްޖޭގެ އިމިގްރޭޝަންގެ ގާނޫނަށް އިސްލާޙު ގެނައުމުގެ ބިލު
  • އިންޝުއަރެންސްއާބެހޭ ބިލު
  • ތަފާސްހިސާބުގެ ބިލު

މި ބިލުތަކުގެ ތެރެއިން ހަ ބިލެއް މިހާރު ރައީސް އޮފީހުން ވަނީ މަޖިލީހަށް ފޮނުވާފައެވެ. އެއީ ނަފުސާނީ ސިއްތުގެ ބިލާއި، ދިވެހި ފުލުހުންގެ ހިދުމަތުގެ ބިލާއި، ޖިނާއީ އިޖުރާއަތުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލާއި، ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލާއި، ދިވެހިރާއްޖޭގެ އިމިގްރޭޝަންގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު އަދި ވަޒީފާއާބެހޭ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލެވެ.

މި ބިލުތަކުގެ އިތުރުން މަޖިލީހުގެ މިއަހަރުގެ ފުރަތަމަ ދައުރުގައި ސަރުކާރުގެ ފަރާތުން މަޖިލީހަށް ފޮނުވުމަށް ނިންމާފައިވާ ބިލުތަކަކީ:

  • ދިވެހިރާއްޖޭގެ ކޯޓުތަކުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު
  • ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު
  • ދިވެހިރާއްޖޭގެ ގާނޫނޫލްއުގޫބާތަށް އިސްލާހު ގެނައުމުގެ ބިލު
  • ބޯހިޔާވަހުކަމުގެ ބިލު
  • އާންމު ދަތުރުފަތުރުގެ ބިލު
  • ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު
  • އާންމު ސިއްހަތުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު
  • އަބުރާބެހުމުގެ ސަބަބުން ލިބޭ ގެއްލުމުގެ ބަދަލު ނަގައިދިނުމުގެ ބިލު
  • ނޭޝަނަލް ރަޖިސްޓްރޭޝަނާއިބެހޭ ބިލު
  • ތަސްނީފްކުރުމުގެ ބިލު
  • ކާބޯތަކެއްޗާބެހޭ ބިލު
  • ބިނާވެށި ޕްލޭންކުރުމާއި ހިންގުމުގެ ބިލު
  • ދިރޭ ޖަނަވާރުންގެ ރައްކާތެރިކަމުގެ ބިލު
  • ޕޭމަންޓް ސިސްޓަމުގެ ބިލު
  • މީހުން ޓްރެފިކްކުރުން ހުއްޓުވުމުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު
  • އާމްދަނީ ޓެކްސް ނެގުމުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު
  • ފޮރިން އިންވެސްޓްމަންޓުގެ ބިލު
  • ގާނޫނީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ބިލު
  • ހެއްކާއި ބެހޭ ބިލު
  • ބަންޑާރަނައިބުގެ އޮފީހުގެ ބިލު
  • މީޑިއާ ކޮމިޝަނުގެ ބިލު
  • ކުދި އަދި މެދު ފަންތީގެ ވިޔަފާރީގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު
  • އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު
  • އިލެކްޓްރޯނިކް މުއާމަލާތްތަކާއިބެހޭ ބިލު
  • ބިރު ދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހި ގެންގުޅުން މަނާ ކުރުމުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު
  • ދިވެހިރާއްޖެއަށް ގެނައުން މަނާ ތަކެތީގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު
  • ދަނޑުވެރިކަމުގެ ބިލު
  • ނެތިދިޔުމުގެ ބިރު ހީވެފައިވާ ދިރޭ ތަކެތީގެ ވިޔަފާރިކުރުމުގެ ބިލު
  • މީހުން އުޅޭ ރަށްރަށުގެ ރުއްގަހާއި ބެހޭ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު
  • ރާއްޖެތެރޭގެ މީހުން އުޅޭ ރަށްރަށުން، ގަލާއި، ވެއްޔާއި، އަކިރި ނެގުމާއި ބެހޭ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު
  • ނޫސްވެރިކަމުގެ މިނިވަންކަމުގެ ބިލު
  • މަސްތުވާތަކެއްޗާއިބެހޭ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު
  • ދިވެހިރާއްޖޭގެ ޖަލުތަކާއި ޕެރޯލްގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު
  • އާއިލާއާބެހޭ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު
  • އިޖްތިމާއީ ރައްކާތެރިކަމުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު
  • ނުކުޅެދުންތެރިކަން ހުންނަށް މީހުންގެ ހައްގުތައް ރައްކާތެރިކުރުމާއި މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު
  • އާންމު އިޖުތިމާއީ މިންގަނޑުތަކާއި ހިލާފު އަމަލުތައް ހުއްޓުވުމުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު
  • ފޮރިން ސާވިސް ބިލު
  • ޒުވާނުން ބިނާކުރުމާއި ހުނަރުވެރިކުރުމުގެ ބިލު
  • ދިވެހިރައްޔިތުންގެ ދީނީ އެއްބައިވަންތަކަން ހިމާޔަތް ކުރުމުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު
  • ދިވެހިރާއްޖޭގެ ގައުމީ ބަހަށް އިސްކަން ދިނުމުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު
  • ދައުލަތުގެ ހަރަދަށް ޒިންމާވުމުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު
  • ދައުލަތުގެ ވިޔަފާރިތަންތަން ޕްރައިވަޓައިޒް ކުރުމާއި ކޯޕަރަޓައިޒްކުރުމާއި އަދި މޮނީޓާކޮށް އިވެލުއޭޓު ކުރުމުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު
  • ޓެކްސް ނެގުމާއިބެހޭ އިދާރީ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު
  • ދައުލަތުގެ މުސާރައިގެ ސިޔާސަތުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު
  • އެކިއެކި ލިޔުންތަކުގަިއ ރެވެނިއު ސްޓޭމްޕް ޖެހުމުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު