ޚަބަރު

ހަތަރު ދިވެހިންނާއެކު ދަތުރުކުރަމުންދިޔަ ލޯންޗެއް ގެއްލިގެން ހޯދަނީ

ހަތަރު ދިވެހިންނާއެކު ދަތުރުކުރަމުންދިޔަ ލޯންޗެއް ގެއްލިގެން ހޯދަން ފަށައިފިއެވެ.

އެމްއެންޑީއެފުން ބުނީ މިއަދު އިރުއޮއްސި 6:45 ހާއިރު ހަތަރު ދިވެހިންނާއެކު ދަތުރުކުރަމުންދިޔަ "މިހޯ ޕެލެސް" ނަމަކަސް ކިޔާ ލޯންޗެއްގެ ހަބަރެއް ނުވެގެން މިރޭ 10:33 ހާއިރު ރިޕޯޓުކޮށްފައިވާ ކަމަށެވެ.

ގދ. ފިޔޯރީން ފުރައިގެން އައްޑޫ ސިޓީ ހިތަދުއަށް ދަތުރުކުރަމުންދިޔަ އެ ލޯންޗުގެ ހަބަރެއް ނުވެގެން ރިޕޯޓުކުރުމާ ގުޅިގެން އެމްއެންޑީއެފް ސަދަން އޭރިއާ ކޯސްޓްގާޑް ސްކޮޑްރަން އިން ހަރަކާތެރިވަމުން އަންނަ ކަމަށް އެމްއެންޑީއެފުން މައުލޫމާތުދެއެވެ. އެމްއެންޑީއެފުން ބުނީ ގެއްލިގެން ހޯދަމުން އަންނަ އެ ލޯންޗަކީ ފިޔޯރީން ގަނެގެން ހިތަދުއަށް ގެންދާ ލޯންޗެއް ކަމަށެވެ.

އެމްއެންޑީއެފުން މައުލޫމާތުދޭ ގޮތުގައި މިރޭ 12:05 ހާއިރު ލޯންޗަށް ގުޅުނު ނަމަވެސް ފޯން ރޭންޖު ކެނޑުނު ކަމަށާއި ރޭންޖު ކެނޑުމާ ގުޅިގެން ފޯނުން ދެއްކި ވާހަކަ ސާފުވެފައި ނުވާ ކަމަށެވެ. އަދި އެ ލޯންޗުގެ ލޮކޭޝަން އަދި ފާހަގަކުރެވިފައި ނުވާ ކަމަށް ވެސް އެމްއެންޑީއެފުން ބުންޏެވެ.