ދުނިޔެ

ކޮރޯނާވައިރަސް ޖެހޭ މީހުން އެރޯގާއިން އަވަހަށް ރަނގަޅު ކުރެވޭ ބޭސްތަކެއް ދެނެގެންފި

އަލީ ޔާމިން

ޗައިނާ އިން ފެނި ދުނިޔޭގެ ގިނަ ގައުމުތަކަކަށް ފެތުރިފައިވާ ކޮރޯނާވައިރަސް ޖެހޭ މީހުން ވަރަށް އަވަހަށް ރަނގަޅު ކުރެވޭ ބާވަތުގެ ބޭސްތަކެއް ދެނެގަނެވިއްޖެ ކަމަށް ތައިލެންޑުގެ ޑޮކްޓަރުން ބުނެފިއެވެ.

ބެންކޮކްގެ މަޝްހޫރު ރާޖަވިތީ ހޮސްޕިޓަލްގެ އިސް ޑޮކްޓަރެއް ކަމަށްވާ ކްރިޔަންގްސަކް އަޓެޕޯނޮއިޗް ވިދާޅުވީ އޭނާގެ ބެލުމުގެ ދަށުން ދެނެގަތް ބޭސްތަކަކީ އެޗްއައިވީ އަދި ތަފާތު ވައިރަސްތަކާ ދެކޮޅަށް ދޭ ބޭސްތަކެއް ކަމަށެވެ.

އެޗްއައިވީއަށް ދޭ ދެބޭހަކާއި ރޯގާއަށް ދޭ ތިން ބޭހެއް އެއްކޮށްދިން ދިން ފަރުވާއިން ކޮރޯނާވައިރަސްއަށް ޕޮޒިޓިވްވެ ފަރުވާ ދެމުންދިޔަ 71 އަހަރުގެ އަންހެނަކު، 48 ގަޑިއިރުގެ ތެރޭގައި ބަލިން ރަނގަޅު ވެފައިވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ކޮރޯނާވައިރަހަށް ޕޮޒިޓިވްވި އެ އަންހެން މީހާއަކީ ވައިރަސް އެންމެ ބޮޑަށް ފެތުރިފައިވާ ވުހާން ސިޓީން ތައިލެންޑަށް އެނބުރި ދިޔަ މީހެކެވެ.

މިހާތަނަށް އެއްވެސް ފަރުވާއެއް ހޯދިފައިނުވާ ކޮރޯނާވައިރަސް ޖެހުނު މީހުންގެ އަދަދު މިހާރު 17500 އާގާތްކުރާއިރު އެރޯގާގައި މިހާތަނަށް 362 މީހަކު ވަނީ މަރުވެފައެވެ. އޭގެ ތެރެއިން އެކަކު މަރުވެފައިވަނީ ފިލިޕީންސްގައެވެ. އަދި އެއީ ޗައިނާއިން ބޭރުން އެބަލީގައި ފަރުވި ފުރަތަމަ މީހާއެވެ.