Close
ބިއުޓީ

ކިމްގެ ކޭކޭޑަބްލިއު ބްރޭންޑް ގެ ފުރަތަމަ މަސްކަރާ ލޯންޗު ކުރުން މާދަމާ

ކިމް ކާޑިޝަންގެ މޭކަޕް ބޭންޑްގެ ލައިނެއް ކަމުގައިވާ ކޭކޭޑަބްލިއު އިން ފުރަތަމަ ފަހަރަށް މަސްކަރާ އެއް ލޯންޗު ކުރާނެ ކަމަށް ބުނެފިއެވެ.

ހަބަރުތައް ބުނާ ގޮތުގައި ކިމްގެ ގްލެމް ބައިބަލް ސްމޯކީ ވޮލިއުމް އެކެއްގެ ކަލެކްޝަކާ ނެކީ މި މަސްކަރާ ލޯންޗު ކުރާނީ މާދަމާ އެވެ. މި ކަލެކްޝަނުގައި ހިމެނެނީ ހަ އައިޝެޑޯ ޕެލެޓް، ބްރިކް ކުލައިގެ ބްލަޝްއެއް، ގޯލްޑް ހައިލައިޓާ އެއް، ފޯލްސް ލޭޝަޝް، ކަޅު ކުލައިގެ ޕެންސިލް ލައިނާއެއް، ޕީޗް ލިޕް ލައިނާ އެއް، ދެ ޕީޗް ލިޕްސްޓިކް، ޕައުޑާ ޕަފް، މޭކަޕް ސްޕޮންޖް، ފަންސުރުޖަހާ ދައްޗެއް އަދި އަލަށް ނެރޭ މަސްކަރާ އެވެ. މި ކަލެކްޝަނުގެ އަގަކީ 130 ޑޮލަރެވެ.

ބޭނުން ކަމުގައިވާ ނަމަ މަސްކަރާ ވަކިންވެސް ގަނެވެއެވެ. އޭގެ އަގަކީ 18 ޑޮލަރެވެ.

އަދި މަސްކަރާ ހަދާފައިވާ ގޮތުގެ މާބޮޑު މައުލޫމާތެއް ލިބިފައިނެތަސް ފޮޓޯ ތަކުން ފެންނަ ގޮތުގައި މަސްކަރާ ވާނީ ތިކް، މަލްޓި ބްރިސްޓިލް ސްޕޫލީ މަސްކަރާ އަކަށެވެ. އެހެން ކަމުން މި މަސްކަރާ އިން އެސްފިޔަތަކަށް ވަރަށް ބޮޑަށް ވޮލިއުމް ގެނެސްދޭނެ އެވެ.