ޚަބަރު

މޯލްޑިވްސް ލިވިން އެކްސްޕޯ 2020ގެ އޮންލައިން މީޑިއާ ޕާޓްނަރަކަށް ވަން އޮންލައިން

މުހައްމަދު އައުޒަމް

ހައިރައިޒް އިން އިންތިޒާމުކޮށްގެން އަންނަ މަހު 27 އިން 29 އަށް ބޭއްވުމަށް ހަމަޖައްސާފައިވާ "މޯލްޑިވްސް ލިވިން އެކްސްޕޯ 2020"ގެ އޮންލައިން މީޑިއާ ޕާޓްނަރަކަށް "ވަން އޮންލައިން" ހަމަޖައްސައިފިއެވެ.

ލިވިން އެކްސްޕޯ 2020ގެ ޕާޓްނަރުންނާއެކު ސޮއިކުރުމަށް ޗަންޕާ ސެންޓްރަލް ހޮޓަލުގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި ހައިރައިޒްގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ ޑިރެކްޓާ އޮފް ސޭލްސް އެންޑް މާކެޓިން މަރިޔަމް މާއިޝާއެވެ. ވަން އޮންލައިންގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ ވަންގެ ޗެއާޕާސަން މިންހާ ފާއިޒް ރަޝާދެވެ.

ގެދޮރުވެރިކަމުގެ ފުރުސަތުތަކާއެކު "މޯލްޑިވްސް ލިވިން އެކްސްޕޯ 2020" އަންނަ މަހު ފަށާއިރު މިއީ ހައިރައިޒް އިން އިންތިޒާމް ކޮށްގެން މޯލްޑިވްސް ލިވިން އެކްސްޕޯ ބާއްވާ އަށް ވަނަ އަހަރެވެ.

"މޯލްޑިވްސް ލިވިންގ އެކްސްޕޯ 2020"ގެ މެއިން ސްޕޮންސަރަކީ މޯހަން މުތާ އެކްސްޕޯޓްސް ޕްރައިވެޓް ލިމިޓެޑް އެވެ. އަދި ކޯ-ސްޕޮންސަރުންނަކީ އަކުއާ ވިޓާ ރެސިޑެންސް މޯލްޑިވްސްގެ އިތުރުން ސްރީލަންކާގެ އަލްޓްއެއާ އެވެ.

ލިވިން އެކްސްޕޯގައި ކޮންމެ އަހަރަކު ވެސް ރާއްޖެ އާއި ރާއްޖޭން ބޭރުން ގިނަ އަދަދެއްގެ ކުންފުނިތައް ބައިވެރިވެ އެވެ. ގެދޮރުވެރިކަމުގެ ދާއިރާއާ ގުޅޭ އެކި ކަހަލަ ފުރުސަތުތައް މި އެކްސްޕޯގެ ތެރެއިން ހުޅުވައިލަ އެވެ. އޭގެ ތެރޭގައި ރިއަލް އެސްޓޭޓް އާއި މި ދާއިރާއާ ގުޅޭ އެކި ކަހަލަ ސާމާނު އުފައްދައި ސަޕްލައި ކުރާ ފަރާތްތަކާއި ގެދޮރަށް ބޭނުންވާ އާ އުފެއްދުން ތައާރަފުކުރާ ފަރާތްތައް ވެސް ހިމެނެ އެވެ.

ލިވިން އެކްސްޕޯގެ މިދިޔަ އަހަރުގެ އޮންލައިން މީޑިއާ ޕާޓްނަރަކީ ވެސް ވަން އޮންލައިން އެވެ.