ގއ. ކަނޑުހުޅުދޫގައި ދެ އަހަރުގެ ކުޑަކުއްޖާ ރޭޕްކުރި ކަމުގެ ތުހުމަތުގައި ހައްޔަރު ކުރި އެ ކުއްޖާގެ ކާފަ އާއި މުނިކާފަގެ ބަންދަށް 15 ދުވަސް ކޯޓުން ޖަހައިފި އެވެ.
އެ މީހުންގެ ބަންދަށް 15 ދުވަސް ޖަހައި ދީފައި ވަނީ ގދ. ގެމަނަފުށީ ކޯޓުންނެވެ.
ނަމަވެސް ފުލުހުން އެކަން ހާމަ ކޮށްފައެއް ނުވެއެވެ.
ވަން އޮންލައިންއަށް މައުލުމާތު ލިބިފައިވާ ގޮތުގައި ފުލުހުން އެ ދެމީހުން ގެމަނަ ފުށީ ކޯޓަށް ހާޒިރު ކުރީ، ކަނޑު ހުޅުދޫ ކޯޓުގައި މެޖިސްޓްރޭޓް ނެތުމުން، ވިލިނގިލީ ކޯޓަށް އެ ދެމީހުން ގެންދަން މަސައްއްކަތް ކުރުމާ ގުޅިގެން އެ ރަށު ރައްޔިތުން ހިތްހަމަނުޖެހުން ފާޅު ކުރަން ފެށުމުންނެވެ.
ދެ އަހަރުގެ އަންހެން ކުއްޖާ ރޭޕް ކުރި މައްސަލައިގައި އެ ކުއްްޖާގެ މުނިކާފަ އާއި ކާފަ ކަނޑު ހުޅުދޫން ހައްޔަރު ކުރިއިރު އެކުއްޖާގެ ބައްޕަ މިރޭ ހުޅުމާލޭން ވަނީ ހައްޔަރު ކޮށްފައެވެ.