ގއ. ކަނޑުހުޅުދޫގައި ދެ އަހަރުގެ އަންހެން ކުއްޖަކު ރޭޕް ކުރި މައްސަލައިގައި، އެ ކުއްޖާގެ ބައްޕަ ފަރާތުގެ ކާފަ އާއި މުނި ކާފަ ހައްޔަރުކޮށްފި އެވެ.
ފުލުހުންގެ ބުނީ މި ދެ އަހަރުގެ ކުއްޖާއާ މެދު ޖިންސީ ގޯނާ ކުރި ކަމުގެ ތުހުމަތު ދެ މީހެއްގެ މައްޗަށް ކުރެވޭ ކަމަށާއި އެ ގޮތުން މިއަދު މެންދުރު ފަހު 15:05 އެހާ އިރު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައި ވަނީ 62 އަހަރުގެ މީހެއް ކަމަށެވެ. ދެވަނަ މީހާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔައީ މިއަދު 15:25 އެހާ އިރު ކަމަށާއި އެއީ 81 އަހަރުގެ ފިރިހެނެއް ކަމަށް ވެސް ފުލުހުން ބުނެ އެވެ.
"ވަން އޮންލައިން" އަށް މުއުތަބަރުކޮށް މައުލޫމާތު ލިބިފައިވާ ގޮތުގައި ހައްޔަރު ކުރި ދެމީހުންނަކީ ކުޑަކުއްޖާ ރޭޕު ކުރި މައްސަލައިގައި ތުހުމަތު ކުރެވޭ، އެ ކުއްޖާގެ ކާފަ އާއި މުނިކާފަ އެވެ.
ވަން އަށް އެނގިފައިވާ ގޮތުގައި މި މައްސަލަ ތަހުގީގު ކުރުމަށް ފުލުހުންނާއި ޖެންޑާ މިނިސްޓްރީގެ ޓީމެއްް އަންނަނީ އެ ރަށުގައި ހަރަކާތްތެރިވަމުންނެވެ.