އިނގިރޭސިވިލާތް

ޕްރިންސް ވިލިއަމް އިތުރު ދަރިކަލަކު ބޭނުންފުޅެއް ނުވޭ: އަނބިކަބަލުން ކޭޓް

ޕްރިންސް ވިލިއަމް އިތުރު ދަރިކަލަކު ބޭނުންފުޅު ނުވާކަމަށް އަނބިކަބަލުން ކޭޓް މިޑިލްޓަން ވިދާޅުވެއްޖެއެވެ.

ކޭޓް ހަަތަރު ވަނަ ދަރިކަލަކަށް އާލާސްކަންފުޅާ އިންނެވި ކަމަށް ދެކެވޭ ވާހަކަތައް ދޮގުކުރައްވަމުން އެކަމަނާ ވިދާޅުވީ އިތުރު ދަރިކަލަކު ވިލިއަމް ބޭނުންފުޅު ނުވާކަމަށެވެ.

މިވާހަކަ ދެކެވުނީ ޝާހީ ހަފުލާއަކަށް ޕްރިންސް ވިލިއަމް އަދި ކޭޓް ވަޑައިގަތްއިރު އެތަނުން ދިމާވި ފޭނެއް އެސުވާލު ދެންނެވުމުންނެވެ.

ޕްރިންސް ވިލިއަމްގެ ދެކަނބަލުންގެ ތިން ބޭފުޅުން ތިއްބަވައެވެ. އެއީ ޕްރިންސް ޖޯޖް (6އ، ޕްރިންސަސް ޝާލެޓް ހަތަރު (4އ) އަދި ޕްރިންސް ލުއިސް (1އ) އެވެ. ޝާހީ އާއިލާގެ ފޭނެއް ކަމަށްވާ ޖޯޝް މެކްޕްލޭސް ބުނި ގޮތުގައި އޭނާ ވަނީ ޕްރިންސް ވިލިއަމްގެ ދެކަނބަލުންނަށް ލިބިވަޑައިގަތް ތިން ދަރިކަލުންނަށްވެސް މަރުހަބާ ކިޔައި ކާޑު ފޮނުއްވާފައެވެ.

ޝާހީ އާއިލާއިގެ މަސައްކަތުން ޕްރިންސް ހެރީގެ ދެކަނބަލުން ވަކިވެވަޑައިގެން ކެނެޑާ އާއި އިނގެރޭސި ވިލާތުގައި ދިރިއުޅުއްވަން ނިންމެވުމުން އެންމެ ބޮޑު ނުތަނަވަސްކަމެއް ލިބިވަޑައިގެންފައި ވަނީ ބޭބޭފުޅު ޕްރިންސް ވިލިއަމަށެވެ.