ޚަބަރު

އުމުރުން ދުވަސްވީ މީހަކު ދެއަހަރުގެ ކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލައެއް ބަލަނީ

މަރިޔަމް ޝަހުދާ

އުމުރުން ދުވަސްވީ މީހަކު ދެއަހަރުގެ ކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލައެއް ފުލުހުން ބަލަން ފަށައިފި އެވެ.

ފުލުހުން ބުނީ އުމުރުން ދުވަސްވީ މީހަކު ދެ އަހަރުގެ ކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލައެއް އިއްޔެ ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށެވެ. އަދި މި މައްސަލަ ވަރަށް ސީރިއަސް މައްސަލައެއްގެ ގޮތުގައި ތަހުގީގު ކުރަމުން އަންނަ ކަމަށް ފުލުހުން މައުލޫމާތު ދިނެވެ.

މި މައްސަލައާ ގުޅިގެން މިހާތަނަށް އެއްވެސް މީހަކު ހައްޔަރުކޮށްފައި ނުވާ ކަމަށް ފުލުހުން މައުލޫމާތު ދެއެވެ. އަދި މިއީ ކުޑަ ކުއްޖެއް ހިމެނޭ މައްސަލައެއްކަމުން މި ހާދިސާ ހިނގީ ދެކުނުގެ ރަށެއްގައި ކަން ނޫން އިތުރު މައުލޫމާތެއް ފުލުހުން ހާމައެއް ނުކުރެއެވެ. ކުޑަކުދިން ހިމެނޭ މައްސަލަތަކުގައި އެކުދިންގެ ރައްކާތެރިކަމަށް އާންމުކޮށް ވެސް ފުލުހުން މި މައުލޫމާތު ހިއްސާއެއް ނުކުރެއެވެ.

މި މައްސަލައިގައި މިހާތަނަށް ޖެންޑާ މިނިސްޓްރީގެ ބަހެއް ލިބޭގޮތް ވަނީ ނުވެފައެވެ.