ހައިކޯޓުގެ އިސް ފަނޑިޔާރު ޝުޖާއު އުސްމާނާއި ފެމިލީ ކޯޓުގެ ގާޒީ އަބްދުﷲ އަދީބުގެ ސްކޫލީ މައްސަލައެއް ބަލަން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމައިފި އެވެ.
ޖޭއެސްސީން މިއަދު ބުނީ އެ މައްސަލަތައް ބެލުމަށް ކޮމިޝަނުން އިއްޔެ ނިންމައި، އެކަމަށްޓަކައި ތަހުގީގު ކޮމިޓީއެއް އެކުލަވާލާފައިވާ ކަމަށެވެ.
އެ ފަނޑިޔާރުންގެ ސުލޫކީ މައްސަލައިގެ ތަފުސީލު ހާމަ ކޮށްފައި ނުވި ނަމަވެސް ޖޭއެސްސީން ބުނީ، ހައިކޯޓުގެ އިސް ފަނޑިޔާރު ޝުޖާއު އުސްމާނާއި، ފެމިލީ ކޯޓުގެ ގާޒީ އަބުދުﷲ އަދީބުގެ މައްސަލައިގެ އިތުރުން ގއ. މާމެންދޫ މެޖިސްޓްރޭޓް ކޯޓުގެ އިސް މެޖިސްޓްރޭޓް އަހުމަދު ޝުކޫރުގެ މައްސަލައެއް، ބެލުމަށް ވެސް ނިންމާފައިވާ ކަމަށެވެ.
ޖޭއެސްސީން އިތުރަށް ބުނީ ބުނީ ދ. ޖުޑީޝަލް ދާއިރާގެ އިސް މެޖިސްޓްރޭޓް އަބުދުއްރައްޒާގު މުހައްމަދު ފަނޑިޔާރު ކަމުގެ މަސައްކަތުން ވަގުތީގޮތުން ދުރު ކުރުމަށް މިމަހުގެ ހަތް ވަނަ ދުވަހު ނިންމާފައިވާ ކަމަށެވެ. އެހެންކަމުން ދ. ޖުޑީޝަލް ދާއިރާގެ ހިންގުން ދ.ކުޑަހުވަދޫ މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓް އަބުދުލް ގާދިރު އާދަމާ ހަވާލު ކުރުމަށް ކޮމިޝަނުން އިއްޔެ ނިންމާފައިވާ ކަމަށްވެސް ޖޭއެސްސީން މިއަދު ބުންޏެވެ.