ކުއްލި ޚަބަރު

އިތުރު މީހަކު ހިމަބިއްސަށް ޕޮސިޓިވް ވެއްޖެ

މަރިޔަމް ޝަހުދާ

އިތުރު މީހަކު ހިމަބިއްސަށް ޕޮސިޓިވް ވެއްޖެ ކަމަށް ހެލްތް ޕްރޮޓެކްޝަން އޭޖެންސީ، އެޗްޕީއޭ އިން ބުނެފިއެވެ.

މިއަދު ހެލްތް މިނިސްޓްރީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހެލްތް މިނިސްޓަރު އަބްދުﷲ އަމީން ވަނީ އިތުރު 10 މީހަކު ހިމަބިއްސަށް ޕޮސިޓިވްތޯ ޓެސްޓު ކުރަމުން އަންނަ ކަމަށް ވިދާޅުވެފައެވެ. އެޗްޕީއޭ އިން ކުރި ޓުވީޓެއްގައި ވަނީ މި 10 މީހުންގެ ތެރެއިން އެކަކު މި ބައްޔަށް ޕޮސިޓިވް ވެފައިވާ ކަމަށް ބުނެފައެވެ.

ހެތްލް މިނިސްޓްރީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު އަމީން ވިދާޅުވީ މި 10 މީހުން ހިމަބިއްސަށް ޓެސްޓު ކުރީ ބަލީގެ އަލާމާތްތައް ފެންނާތީ ކަމަށެވެ. އަދި އެ ބަލި ޖެހިފައިވާ ކަމަށް ޝައްކު ކުރެވިގެން ނޫން ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މިއަދު މިފެނުނު ހިމަބިހީގެ ކޭސް އާއެކު މިހާތަނަށް ރާއްޖެއިން ވަނީ ހިމަބިހީގެ ތިން ކޭސްއެއް ފެނިފައެވެ. މި ހުރިހާ ކޭތްތަކެއްވެސް ފެނިފައިވަނީ މާލެ ސަރަހައްދުންނެވެ. ހެލްތް މިނިސްޓްރީން ވަނީ މިހާތަނަށް އަތޮޅު ތެރެއިން މި ފަދަ މައްސަލައެއް ފެނިފައިނުވާ ކަމަށާއި، އަތޮޅުތެރޭގައި ހިމަބިހި ފެތުރޭތޯ ބަލަމުން އަންނަ ކަމަށް ވިދާޅުވެފައެވެ.