އަމީނިއްޔާ ސްކޫލް

އަމީނިއްޔާ ސުކޫލުގެ ސެން ދަރިވަރުންނަށް ލަންކާގައި އުޅޭ އިސްދަރިވަރުންގެ ފަރާތުން ފޮތް ހަދިޔާކޮށްފި

އާނިފާ ހުސެއިން ސިރާޖް

އަމީނިއްޔާ ސުކޫލުގެ ސްޕެޝަލް އެޑިއުކޭޝަން ނީޑްސް (ސެން) ދަރިވަރުންނަށް ލަންކާގައި އުޅޭ އިސްދަރިވަރުންގެ ފަރާތުން ފޮތް ހަދިޔާކޮށްފިއެވެ.

ލަންކާގައި އުޅޭ އިސްދަރިވަރުންގެ ފަރާތުން ފޮތް ހަވާލުކޮށްދެއްވީ ޑރ. އާމާލް އަލީ އެވެ. އަމީނިއްޔާ ސުކޫލުގެ ފަރާތުން ފޮތްތަކާ ހަވާލުވެލެއްވީ ސުކޫލުގެ ޑެޕިއުޓީ ޕްރިންސިޕަލް ޝުއައިބަތު އަލީ އެވެ. މި ހަރަކާތް އޮތީ އިއްޔެ ހަވީރު އަމީނިއްޔާ ސްކޫލުގަ އެވެ.

އާމާލް ވިދާޅުވީ އެއީ އަމީނިއްޔާއަށް 75 އަހަރު ފުރުމުގެ މުނާސަބަތުގައި ލަންކާގައި އުޅުއްވާ އެ ސުކޫލުގެ ކުރީގެ ދަރިވަރުންތަކެއް އަމިއްލައަށް ފަންޑުރައިސް ކުރުމަށްފަހު އަމީނިއްޔާގެ ސެން ކުދިންގެ ހާއްސަ ލައިބުރަރީއަށް ހަދިޔާކުރި ފޮތްތަކެއް ކަމަށެވެ.

އާމާލް ވިދާޅުވީ އޭގެ ތެރޭގައި ހިމެނެނީ ހާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް ބޭނުންތެރި މައުލުމާތު ހިމެނޭ ފޮތްތައް ކަމަށެވެ.

އޭގެ އިތުރުން ސެން ކުދިންނަށް ހާއްސަކޮށް ތައްޔާރުކޮށްފައިވާ ބައެއް ކަހަލަ ކުއިޒްގެ އިތުރުން ޕަޒުލް އާއި ގޭމްސް އެކުލެވޭ ގޮތަށް ހުރި އައިޓަމްތަކެއް ވެސް ހަދިޔާކޮށްފައިވާ ކަމަށް އާމާލް ވިދާޅުވިއެވެ.