ބޮލީވުޑް

"ބޮބް ބިސްވާސް" އަށް އަބީޝެކް އާއެކު ޗިތުރަންގަޑާ ސިންގް

ބޮލީވުޑް ބާދްޝާ ޝާހުރުކް ޚާންގެ ފިލްމު "ބޮބް ބިސްވާސް" ގެ ބަތަލެއްގެ ގޮތުގައި އަބީޝެކް ބަޗަން ފެނިގެންދާނެ ކަމަށް ކުރި އިއުލާނާއެކު ފޭނުން އަންނަނީ ފިލްމަށް އިންތިޒާރު ކުރަމުންނެވެ.

މި ފިލްމަކީ ގޮތް ނޭނގޭ މީހެއް ކަމަށްވާ "ބޮބް ބިސްވާސް" ކިޔާ ކެރެކްޓަރެއްގެ މައްޗަށް އުފައްދާ ފިލްމެކެވެ. ފިލްމުގެ މާބޮޑު ސްޓޯރީލައިނެއް މިހާތަނަށް ހާމަކޮށްފައި ނުވިނަމަވެސް ރަސްމީ ބަޔާނެއްގައި ފިލްމުގެ ބަތަލުގެ ރޯލުން އަބީޝެކް ފެނިގެންދާނެ ކަމަށް ބުނެފައިވާ އިރު، ފިލްމުގެ ޕްރޮޑިއުސަރަކީ ޝާހު ކަމަށް ވަނީ ބުނެފަ އެވެ.

ފަހުގެ ހަބަރުތައް ބުނާ ގޮތުގައި މި ފިލްމުގައި ބަތަލާގެ ރޯލުން ފެނިގެންދާނީ ޗިތުރަންގަޑާ ސިންގެވެ. ނަމަވެސް ރަސްމީކޮށް އަދި މިކަން އިއުލާނުކޮށްފައެއް ނުވެއެވެ.

ފިލްމު ޑައިރެކްޓް ކުރަނީ ސުޖޯއީ ގޯޝްގެ ދޮށީ އަންހެން ދަރިއެވެ. ޖެނުއަރީ 20ގައި ފިލްމުގެ ޝޫޓިން ފަށަން ހަމަޖައްސާފައިވާއިރު ފިލްމުގެ ބޮޑުބައި ޝޫޓް ކުރަނީ ކޮލްކަތާގައި ކަަމަށް ވެއެވެ.