ކުޅިވަރު

އިންގްލެންޑާއި ސްވިޒަލެންޑް ނޭޝަންސް ލީގު ސެމީއަށް

އަންނަ އަހަރު އޮންނަ ޔޫއެފާ ނޭޝަންސް ލީގު ސެމީފައިނަލުން އިންގްލެންޑް އާއި ސްވިޒަލެންޑް ޖާގަ ހޯދައިފިއެވެ ހޯދައިފިއެވެ.

އިންގްލެންޑް ސެމީއިން ޖާގަ ހޯދީ ކްރޮއޭޝިއާ އަތުން 1-2 ގެ ނަތީޖާއަކުން މޮޅުވެގެންނެވެ. ސްވިޒަލެންޑް ޖާގަ ހޯދީ ވަރުގަދަ ބެލްޖިއަމް އަތުން 2-5 އިން މޮޅުވެގެންނެވެ. މި މުބާރާތުގެ ސެމީއިން ޕޯޗުގަލް ވަނީ އިޓަލީ އާ އެއްވަރުކޮށް ޖާގަހޯދާފައެވެ. ސެމީގެ ފަހު ޖާގަ ލިބޭނީ ނެދަލެންޑްސް އާއި ފްރާންސްގެ ތެރެއިން ޓީމަކަށެވެ.

ރޭ އިންގްލެންޑް ވަނީ ކްރޮއޭޝިއާ ލަނޑެއް ޖަހާފައިވަނިކޮށް ފަހަތުން އަރާ ދެ ގޯލު ކާމިޔބުކޮށްފައެވެ. އެގޮތުން، މެޗުގެ 57 ވަނަ މިނެޓުގައި ކްރޮއޭޝިއާގެ އަންދްރޭ ކްރަމަރިޗް އެޓީމަށް ލަނޑު ޖަހާދީފައިވަނިކޮށް، މެޗުގެ 78 ވަނަ މިނެޓުގައި މެންޗެސްޓާ ޔުނައިޓެޑްގެ ޖެސޭ ލިންގާޑް ވަނީ ނަތީޖާ ހަމަހަމަ ކޮށްދީފައެވެ. އަދި އޭގެ ހަތް މިނެޓު ފަހުން ކެޕްޓަން ހެރީ ކޭން ވަނީ ލަނޑެއް ކާމިޔާބުކޮށް އިންގްލެންޑަށް ސެމީގެ ޖާގަ ކަށަވަރު ކޮށްދީފައެވެ.

ސްވިޒަލެންޑް ވަނީ ދުނިޔޭގެ އެއްވަނައިގައި އޮތް ބެލްޖިއަމް ކޮޅަށް ފަހަތުން އަރާ ފަސް ލަނޑު ޖަހާފައެވެ. ބެލްޖިއަމްގެ ތޯގަން ހަޒާޑު މެޗުގެ ކުރީކޮށް އެޓީމަށް ދެލަނޑު ކާމިޔާބު ކޮށްދީފައިވަނިކޮށް، ސްވިޒަލެންޑުން ވަނީ ތަފާތު ބޮޑުކޮށް ބެލްޖިއަމް ބަލިކޮށްފައެވެ. ސްވިޒަލެންޑުންގެ ފަސް ގޯލުގެ ތެރެއިން، އެޓީމުގެ ފޯވާޑު ހަރިސް ސެފެރޯވިޗް ވަނީ ތިން ލަނޑުޖަހާ ހެޓްރިކު ހަދާފަ އެވެ. އެ ޓީމުގެ އަނެއް ދެ ގޯލު ކާމިޔާބުކުރީ ރިކާޑޯ ރޮޑްރިގޭޒާއި ނިކޯ އެލްވޭޑީ އެވެ.

މި މުބާރާތުގެ ސެމީފައިނަލާއި ފައިނަލް މެޗުތައް އޮންނާނީ އަންނަ އަހަރުގެ ޖޫން މަހު ޕޯޗުގަލްގައެވެ.