Close
ފެޝަން

ޖަސްޓިން ބީބާ ވެސް ފެޝަންގެ ދުނިޔެއަށް

ޖަސްޓިން ބީބާވެސް ކްލޯތިން ލައިނެއް ރިލީސްކުރަނީއެވެ. އެކަން ވަނީ އެ ބްރޭންޑަށް ހާއްސަ އޮފިޝަލް އިންސްޓަގްރާމް އެކައުންޓެއް ހަދާފައި ވުމުން ޔަގީންވެފައެވެ.

ޑްރޫ ހައުސް ގެ ނަމުން ރިލީސް ކުރާ ބީބާ ގެ މި ކްލޯތިން ބްރޭންޑަށް ހާއްސަ އިންސްޓަގްރާމް އެކައުންޓްގައި އަދި ހުރީ ހަމަ އެކަނި އެލައިންގެ ލޯގޯގެ ޕޯސްޓެކެވެ. އަދި އެ ބްރޭންޑް ފޮލޯ ކުރާ މީހުންގެ ތެރޭގައި ބީބާ އާއި އޭނާގެ އަންހެނުން ހެއިލީ ބީބާ ވެސް ހިމެނެއެވެ. ޑްރޫ ހައުސްގެ އެކައުންޓުން ފޮލޯ ކުރަނީ ހަމަ އެކަނި ބީބާ އެވެ.

ބްރޭންޑްގެ ނަން ދީފައި ވަނީ ބީބާ ގެ ފުރިހަމަ ނަން ކަމަށްވާ ޖަސްޓިން ޑްރޫ ބީބާގެ "ޑްރޫ" ބޭނުން ކޮށްގެންނެވެ. އަދި ބްރޭންޑާ ބެހޭ މާގިނަ މައުލޫމާތެއް ނޭނގޭ ނަމަވެސް ބީބާ ވަނީ ޑްރޫ ހައުސްގެ ހެދުންތައް ލައިގެން އެކި ފަހަރު މަތީން ޕްރޮމޯޓް ކޮށްފަ އެވެ.

މިހާތަނަށް ބީބާ ލާފައި ވަނީ ޑްރޫ ހައުސްގެ ކަޅު ހޫޑީ، ޑްރޫ ޖަހާފަ ހުރި ރީނދޫ ޓީޝާޓް އަދި ޑްރޫ ޖަހާފައި ހުރި ރީނދޫ ހުޑީ އެވެ. އެހެން ކަމުން ބްރޭންޑަކީ ކެޝުއަލް އެތްލެޝިޔާ ކްލޯތިން ލައިނެއް ކަމަށް ބެލެވެއެވެ.

މި ބްރޭންޑް ލޯންޗު ކުރާނެ ދުވަހެއް އަދި ނޭނގޭއިރު ބްރޭންޑްގެ ވެބްސައިޓެއްވެސް އަދި ހަދާފައެވެ ނުވެއެވެ.

ބީބާ ގެ އަންހެނުން ހެއިލީ ބޯލްޑްވިން ވަނީ އޭނާގެ ނަން ހެއިލީ ބީބާ އަށް ބަދަލުކޮށްފައެވެ. ހެއިލީގެ ފޭނުންވެސް މިހާރު އުންމީދު ކުރަނީ ހެއިލީގެ އަމިއްލަ ކްލޯތިން ލައިނެއް ރިލީސް ކުރާނެ ކަމަށެވެ. ނަމަވެސް އެލް މެގަޒިން އަށް ހެއިލީ ދިން އިންޓަވިއުއެއްގައި ބުނެފައިވަނީ މިވަގުތު ކްލޯތިން ލައިނެއްގެ މަސައްކަތް ނުކުރާ ކަަމަށެވެ.

ހެއިލީ ބުނީ މިހާރު އެހެން މީހުންގެ ޑިޒައިންތައް ލުމަށް ލޯބި ކުރާ ކަމަށެވެ. ބައިވަރު ޓެލެންޓަޑް ޑިޒައިނަރުން އެބަތިބި ކަމަށް ފާހަގަ ކުރަމުން ހެއިލީ ބުނި ގޮތުގައި ފަހަރެއްގައި ކުރިއަށް އޮތް ނަމުގައި އޭނާގެ އަމިއްލަ ލައިނެއްވެސް ފެނިގެން ހިނގައިދާނެއެވެ.

މިހާރު ސުވާލަކީ ބީބާ ނެރެން އުޅޭ ކްލޯތިން ލައިން އަކީ ހެއިލީ އާ ގުޅިގެން ކުރަން އުޅޭ ކަމެއްތޯއެވެ. ނޫނީ އެހެން މީހުންގެ ޑިޒައިންތައް ލުމަށް ލޯބި ކުރަމޭ ހެއިލީ އެބުނީ އޭނާގެ ފިރިމީހާ އަށް ނިސްބަތް ކޮށްފައި ކަމަށް ވެސް ވެދާނެއެވެ.!