ޓެކްނޮލޮޖީ

އެޕަލްގެ މެކް ޕްރޯގެ އަގު 52،000 ޑޮލަރު

1

އެޕަލްގެ އާ މެކް ޕްރޯގެ އޯޑަރު އިއްޔެއިން ފެށިގެން އެމެރިކާގައި ވަނީ ނަގަން ފަށައިފަ އެވެ.

ހަ އަހަރު ފަހުން އެޕަލް އިން ނެރުނު މި އަޕްޑޭޓް ކުރީގެ މެކްތަކާ ވަރަށް ބޮޑަށް ތަފާތެވެ.

ކުރިން ގެންގުޅުނު "ޓްރޭޝް ކޭން" ސިލިންޑަރު ޑިޒައިން އުވާލައި މިފަހަރުގެ ޑިޒައިން ހުރީ ޓަވަރު ޝޭޕަށެވެ. މި ކޮމްޕިއުޓަރުގައި އިންޓެލް ޗިޕްސެޓްގެ 28 ކޯ މެމޮރީ ޗިޕެއް ހުންނަ އިރު 1.5 ޓީބީ އިންބިލްޓް މެމޮރީއެއް ވެސް ހުރެ އެވެ.

ކޮމްޕިއުޓަރުގެ އަގު އެކަނި ވެސް 6000 ޑޮލަރަށް އަރައެވެ. އެއާއެކު 32 އިންޗީގެ 6ކޭ ރެޓީނާ އެލްސީޑީ ޑިސްޕްލޭ ވަކިން ގަންނަން ޖެހެއެވެ. ޕްރޯ ޑިސްޕްލޭ އެކްސްޑީއާރު ކިޔާ މި ޑިސްޕްލޭގެ އަގަކީ 4999 ޑޮލަރަށެވެ. މޮނިޓާ ސްޓޭންޑް ލިބެނީ 999 ޑޮލަރަށެވެ. މި ސްޓޭންޑް ނުގަނެވެސް ސިސްޓަމް ބޭނުން ކުރެވިދާނެއެވެ.

މުޅި ޖުމުލަ އަގު 52000 ޑޮލަރަށް އަރަނީ ބޭނުންވާ ހުރިހާ ސޮޕްޓްވެއާތައް އެންމެ ހައިއެންޑްކޮށް އިންސްޓޯލްވެސް ކުރުމުންނެވެ. އެޕަލް އިން ވިއްކާ 1.5 ޓީބީގެ އެކްސްޓާނަލް މެމޮރީވެސް ހިމަނައިގެންގެނެވެ. އޭގެ އަގަކީ 25000 ޑޮލަރެވެ.

އެޕަލްއިން މެކް ޕްރޯގެ އާ ޑިޒައިން އެންމެ ފުރަތަމަ ދައްކާލާފައި ވަނީ މިއަހަރު ޖޫންގައި އޮތް ވޯލްޑް ވައިޑް ޑިވެލޮޕާސް ކޮންފެރަންސްގައެވެ.