އިންފޮމޭޝަން ކޮމިޝަނަރު

މަޖިލިސް ފަށާއިރަށް މައުލޫމާތު ހޯދާ ލިބިގަތުުގެ ގާނޫނަށް އިސްލާހު ހުށަހަޅާނަން: އިންފޮމޭޝަން ކޮމިޝަނަރު

އިބްރާހިމް ޒަކީ

މިހާރު ޗުއްޓީގައި އޮތް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައްް އަންނަ އަހަރު ފަށާއިރު، ކަމާބެހޭ ފަރާތްތަކަށް ހުށަހަޅައިގެން މައުލޫމާތު ހޯދައި ލިބިގަތުމުގެ ގާނޫނަށް އިސްލާހު ހުށަހެޅުމުގެ މަސައްކަތް ކުރައްވާނެ ކަމަށް އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުން ބުނެފިއެވެ.

ބައިނަލްއަގްވާމީ އިންސާނީ ހައްގުތަކުގެ ދުވަހުގެ މުނާސަބަތުގައި ރޭ ކުރިއަށް ގެންދިޔަ ހާއްސަ ޕެނަލް ޑިސްކަޝަންގައި ވާހަކަ ދައްކަވަމުން، ތަންފީޒު ކުރަން އުނދަގޫ ބައެއް ކަންތައްތައް ގާނޫގައި ހުރިކަން އިންފޮމޭޝަން ކޮމިޝަނަރު ހުސެއިން ފިޔާޒު މޫސާ ވަނީ ފާހަގަ ކުރައްވައިފައެވެ.

ކޮމިޝަނަރުގެ ވާހަކައަށް ބާރު ދެއްވައި ވާހަކަ ދައްކަވަމުން އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުގެ ޑިރެކްޓަރު ޖެނެރަލް އަހުމަދު ޝިޔާމު ވިދާޅުވީ ގާނޫނަށް ގެންނަން ޖެހޭ ބައެއްް އިސްލާހުތައް އެޓާނީ ޖެނެރަލް އިބްރާހީމް ރިފްއަތާ މިހާރުވެސް ހިއްސާ ކުރައްވާފައިވާ ކަމަށެވެ.

ޝިޔާމު ވިދާޅުވީ ގާނޫނުން އިންފޮމޭޝަން އޮފިސަރުންނަށް ދިމާވާ ބައެއް ދަތިތައް ފާހަގަ ވެފައިވާ ކަމަށާއި، ރަށްރަށުގައި ކުރިއަށް ގެންދާ ވޯކްޝޮޕް ތަކުންވެސް ގާނޫނަށް ގެންނަން ޖެހޭ އިސްލާހުތަކެއް ފާހަގަ ކުރެވިފައިވާ ކަަމަށެވެ. އަދި ޓްރާންސް ޕޭރެންސީންވެސް އެފަދަ ބައެއް ކަންކަން ފާހަގަކޮށްފައިވާ ކަމަށް ޝިޔާމު ވިދާޅުވިއެވެ.

އެހެންކަމުން ޝިޔާމު ވިދާޅުވީ، އެ ކަންތައްތައް އިސްލާހު ކުރުމަށް މަޖިލިސް ފެށުމުން ކަމާބެހޭ ފަރާތްތަކަށް ހުށަހަޅައިގެން ގާނޫނު އިސްލާހު ކުރަށް މަޖިލީހަށް ހުށަހެޅުއްވުމަކީ ކޮމިޝަނަރުގެ ވިސްނުމެއް ކަމަށެވެ.