ބޮލީވުޑް

20 އަހަރަށްފަހު ޖޫހީ އާއި ރިޝީ އެކުގައި ފިލްމަކުން

ޖޫހީ ޗައުލާ އަދި ރިޝީ ކަޕޫރުގެ ފޭނުންނަށް މިއޮތީ އުފާވެރި ހަބަރެކެވެ. 20 އަހަރަށް ފަހު ދެތަރިން އެކުގައި ފެނިގެންދަނީއެވެ.

އިއްޔެ ޝޫޓިން ފެށި މި ފިލްމުގެ ނަމަކީ "ޝަރްމާޖީ ނަމްކީން" އެވެ. މީ ކޮމެޑީ ފިލްމެކެވެ.

އެންމެ ފަހުން ޖޫހީ އާއި ރިޝީ އެކުގައި ފެނިގެން ގޮސްފައިވަނީ ފިލްމު "ދަރާރު" އިންނެވެ.

ޝަރްމާޖީ ނަމްކީންގެ ޝޫޓިން ފެށިކަން ދެތަރިންވަނީ މީސްމީޑިއާގައި ރަސްމީކޮށް ހިއްސާކޮށްފައެވެ.

ޖޫހީ އޭނާގެ އިންސްޓަގްރާމުގައި ރިޝީއާއެކު ފިލްމުގެ ސެޓުގައި ސްކްރިޕްޓް ކިޔަން ތިބި ފޮޓޯތަކެއް ހިއްސާކުރަމުން ބުނީ މި ފިލްމު އަންނަ އަހަރުގެ އެންމެ ޗާމިން ފިލްމަށް ވެގެންދާނެ ކަމަށް އުންމީދު ކުރާކަމަށެވެ.

މިއީ ކެންސަރުގެ ބައްޔަށް ފަރުވާ ހޯދުމަށްފަހު ރިޝީ ކުޅޭ ފުރަތަމަ ފިލްމެވެ. މިދިޔަ އަހަރު 11 މަހާ 11 ދުވަސް ވަންދެން ރިޝީ ވަނީ ނިއު ޔޯކުގައި ކެންސަރަށް ފަހުވާ ހޯދުމަށް ހޭދަކޮށްފައެވެ.

ހިތޭޝް ބާޓިޔާ ޑިރެކްޓްކުރާ މި ފިލްމު ޝޫޓް ކުރަން ހަމަޖެހިފައިވަނީ ދިއްލީގައެވެ.