ފިހާޅޮހި އައިލެންޑް ރިސޯޓުގައި މޫދަށް އެރި އުޅުނު ފަތުރުވެރިޔަކު މަރުވެއްޖެއެވެ.
ފުލުހުން ބުނީ ރިސޯޓުގައި މޫދަށް އެރި އުޅެނިކޮށް މަރުވެފައިވަނީ ޗައިނާއަށް ނިސްބަތްވާ 62 އަހަރުގެ ފިރިހެނެއް ކަމަށެވެ. މޫދަށް އެރި އުޅުނު އެ މީހާ މަރުވެފައިވާ މައްސަލަ ފުލުހުންނަށް ހުށަހަޅާފައި ވަނީ މިއަދު 10:34 ހާއިރު ކަމަށް ފުލުހުން ބުނެ އެވެ.
އެ މައްސަލައާ ގުޅިގެން ފުލުހުން ބަލަން ޖެހޭ ކަންކަން މިހާރު އަންނަނީ ބަލަމުން ކަމަށް ވެސް ފުލުހުން މައުލޫމާތު ދެއެވެ.