ވިޔަފާރި

ޖޭސީސީގެ ޝޯރޫމެއް ހުޅުމާލޭގައި ހުޅުވައިފި

މުހައްމަދު ޝަހީމް

ޖާހް ސިޓީ ސެންޓަރުގެ އިތުރު ޝޯރޫމެއް ހުޅުމާލޭގައި ހުޅުވައިފިއެވެ.

ރޭ ހުޅުމާލޭގައި ބޭއްވި ހަފުލާއެއްގައި ޖޭސީސީގެ ޝޯރޫމް ހުޅުއްވައިދެއްވީ ހުޅުމާލެ ދާއިރާގެ މެންބަރު އަލީ ނިޔާޒް އަދި ޖޭސީސީގެ އެގްޒެކްޓިވް ޑިރެކްޓަރ އަދި ފައުންޑާ ޖައުފަރު އީސާ އާދަމެވެ.

ރޭގެ ހަފުލާގައި ވާހަކަ ދައްކަވަމުން ޖައުފަރު ވިދާޅުވީ ޖޭސީސީން ރާއްޖޭގައި ދެމުން އަންނަ ހިދުމަތަށް ވިއްސަށްވުރެ ގިނަ އަހަރު ވެއްޖެ ކަމަށެވެ. މާލޭގެ އިތުރުން ރާއްޖޭގެ ރަށްރަށުގައި ގިނަ މަސައްކަތްތަކެއް ކުރެވިފައިވާ ވާނެ ކަމަށާއި ރާއްޖޭގައި ހިންގާ ގިނަ ރިސޯޓްތަކެއްގައި ޖޭސީސީގެ "ޕްރޮޑަކްޓް" ހުންނާނެ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި މިހާރު މި "ޕްރޮޑަކްޓް" ވިއްކާއިރު އިތުރު ހިދުމަތެއްގެ ގޮތުގައި "ސޮލިއުޝަން" ވެސް ދެމުން އަންނަ ކަމަށް ޖައުސާ ޖައުފަރު ވިދާޅުވިއެވެ.

އިތުރަށް ވާހަކަ ދައްކަވަމުން ޖައުސާ ވިދާޅުވީ ބަލާލަން މި ޝޯރޫމް ކުޑަނަމަވެސް، މި ޝޯރޫމްގެ "މެއިން ބްރާންޗް" ހުންނާނީ މާލޭގައި ކަމަށާއި ހުޅުމާލޭގައި ހުންނަނީ އައުޓްލެޓެއް ކަމަށެވެ. އަދި ޝޯރޫމްގެ ހުރިހާ "ޕްރޮޑަކްޓް" ތަކެއްވެސް ހުޅުމާލެ ފިހާރައިން ލިބެން ހުންނާނެ ކަމަށެވެ.

"ޝޯރޫމްގެ މެއިން ބްރާންޗް މާލޭގައި ހުއްޓަސް، ޖޭސީސީގެ ޕްރޮޑަކްޓްތައް މިކޮޅުގައި، ހުޅުމާލެ ޝޯރޫމްގައި ފެންނާން ހުންނާނެ." ޖައުފަރު ވިދާޅުވިއެވެ.

ޖައުފަރު ވިދާޅުވީ ޖޭސީސީން ހިދުމަތް ހޯއްދަވާ ކަސްޓަމަރުން، ކުރައްވާ އިތުބާރަށާއި ބަހައްޓަވާ ގާތްކަމަށް ޝުކުރު ދަންނަވާކަމަށެވެ.


މިރޭގެ ހަފްލާ ޝަރަފްވެރި ކުރައްވާ ވާހަކަ ދައްކަވަމުން ނިޔާޒު ވިދާޅުވީ މިފަދަ ޝޯރޫމެއް ހުޅުމާލޭގައި ހޮޅުވީތީ ޖޭސީސީގެ އިސްވެރިންނަށް ޝުކުރު ދަންނަވާކަމަށެވެ. އަދި ވިދާޅުވީ ރާއްޖެއަކީ ވިޔަފާރިވެރިންނަށް ފަސޭހައިން ވިޔަފާރި ކުރެވޭގޮތަށް ގާނޫނު ބަދަލު ކުރާނެ ކަމަށް ވިދާޅުވެފައެވެ.

" ރައްޔިތުންގެ މަޖިލީހުގައި އަޅުގަނޑުމެން މިހަދާ ގާނޫނުތައް ވެސް، އަދި އެ ގާނުނުތަކަށް ރިއާޔަތްކޮށް ހެދޭ ގަވާއިދުތައް ވެސް އަޅުގަނޑުމެން ވަރަށް ބޮޑަށް ބަލަން، އިތުރަށް ރާއްޖޭގައި އިންވެސްޓް ކުރަން ހުރި ފަރާތްތަކަށްވެސް ފަސޭހައި ރާއްޖޭގައި އިންވެސްޓް ކުރެވި، ވިޔަފާރި ކުރެވޭނެ ގޮތަކަށް ގާނޫންތައްވެސް ބަދަލުކޮށް، އަދި ގަވާއިދުތަކަށްވެސް ބަދަލު ގެނައުމަށް." ނިޔާޒު ވިދާޅުވިއެވެ.

ޖޭސީސީއިން ބުނީ މިމަހުގެ 31ށް "ހޭވައްކާ 2020" ގެ ނަމުގައި ޕްރޮމޯޝަން އެއް މާލޭ ޝޯރޫމާއި ހުޅުމާލެ ޝޯރޫމުގައި ކުރިޔަށްދާނެކަމަށެވެ. މި ޕްރޮމޯޝަންގެ ދަށުން 75 ޕަސެންޓާއި ހަމަޔަށް ޑިސްކައުންލިބޭނެ ކަމަށާއި، އަދި ވިޔަފާރިކޮށްގެ އަގުހުރި ހަދިޔާތަކެއް ކޮންމެ ދުވަހަކުވެސް ދެމުންދާ ކަމަށެވެ.