ހުސްނުއްސުއޫދު

ސުއޫދު މަރު ކޮމިޝަނުން އިސްތިއުފާދެއްވައިފި

ވީ ނުވީއެއް ނޭނގި ގެއްލިފައިވާ މީހުންނާއި ގޮތް ނޭނގޭ މަރުތަކުގެ މައްސަލަ ބަލަން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު އުފައްދަވާފައިވާ ރިޔާސީ ކޮމިޝަނުން، އެ ކޮމިޝަނުގެ ރައީސް ހުސްނު ސުއޫދު އިސްތިއުފާ ދެއްވައިފި އެވެ.

ރައީސުލް ޖުމުހޫރިއްޔާ ތަރުޖަމާނު، އިބްރާހީމް ހޫދު ވަނީ ދާދި ދެންމެ "ވަން އޮންލައިން" އަށް މިކަން ކަށަވަރުކޮށްދެއްވާފަ އެވެ.

ސުއޫދު މަރު ކޮމިޝަނުގެ ރައީސްކަމުން އިސްތިއުފާ ދެއްވި އިރު، ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް، ރައްޔިތުންގެ މަޖިލީހުން ވަނީ އޭނާއަށް އިއްޔެ، ރުހުން ދީފަ އެވެ. އޭނާ އަށް މަޖިލީހުން ރުހުން ދިނީ 64 މެންބަރުންގެ ވޯޓާ އެކު އެވެ.

ސުއޫދު ވަނީ މީގެ ކުރީން ބަންޑާރަ ނައިބުކަން ވެސް ކުރައްވާފަ އެވެ.