މޯލްޑިވްސް ބޯޓިން އެވޯރޑްސް

މޯލްޑިވްސް ބޯޓިން އެވޯޑްސް 2019 ގާލާ މިމަހުގެ 23ގައި

މޯލްޑިވްސް ބޯޓިން އެވޯޑްސް 2019 ގާލާ މިމަހުގެ 23 ވަނަ ދުވަހު ބޭއްވުމަށް ނިންމައިފިއެވެ.

މޯލްޑިވްސް ބޯޓިން އެވޯޑްސްގެ ގާލާ ބޭއްވުމަށް ނިންމާފައިވަނީ މިމަހުގެ 23 ވަނަ ދުވަހު ދަރުބާރުގޭގައެވެ.

މޯލްޑިވްސް ބޯޓިން އެވޯޑަކީ، ބޯޓިން އިންޑަސްޓްރީގައި ހަރަކާތްތެރިވާ ފަރާތްތަކަށް އަމާޒުކޮށްގެން އެފަރާތްތަކުން ކުރާ މަސައްކަތްތަކުގެ އަގުވަޒަންކުރުމުގެ ގޮތުން ނޭޝަނަލް ބޯޓިން އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެންބީއޭއެމް) ގެ ފަރާތުން 2014 ވަނަ އަހަރުން ފެށިގެން އަހަރަކު އެއްފަހަރު ދެމުން އަންނަ އެވޯޑެކެވެ.

ބޯޓިން އެވޯޑްސްއަށް ކުރިމަތިލުމުގެ ފުރުސަތު މިދިޔަ މަހުގެ ފަސްވަނަ ދުވަހުން ފެށިގެން މިދިޔަ މަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށް ހުޅުވާލިއެވެ. އެ ފުރުސަތު ހުޅުވާލާފައިވަނީ ހަމައެކަނި ނޭޝަނަލް ބޯޓިން އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެންބީއޭއެމް)ގެ މެމްބަރުންނަށެވެ. އެ އެސޯސިއޭޝަންގެ މެމްބަރަކަށް ވުމުގެ ފުރުސަތު ބޯޓިން އިންޑަސްޓްރީގައި ހަރަކާތްތެރިވާ އަދި އެ އިންޑަސްޓްރީއާ ގުޅުންހުރި ކޮންމެ ފަރާތަކަށް ލިބެއެވެ.

މިއަހަރުގެ ބޯޓިން އެވޯޑްސް ދެނީ 29 ކެޓަގަރީއަކުންނެވެ. އެވޯޑު ދޭނީ އެކަމަށް ކަނޑައަޅާފައިވާ ފަނޑިޔާރުންގެ ޕެނަލުންދޭ 70 އިންސައްތަ މާކްސް އާއި، އޮންލައިން އަދި އެސްއެމްއެސް ވޯޓުން ލިބޭ 30 މާކްސްއަށް ބަލައިގެން ކަމަށް އެންބީއޭއެމް އިން މައުލޫމާތުދެއެވެ.