ލައިފް ސްޓައިލް

ދޮންކެޔޮވަކެއްގައި ޓޭޕް އެޅުމަށްފަހު 120000 ޑޮލަރަށް ވިއްކާލަނީ

މިންހާ ފާއިޒް ރަޝާދު

އާޓް ބަސެލް މިއާމީ ބީޗްގައި ދޮންކެޔޮވަކެއްގައި ޓޭޕް އެޅުމަށްފަހު 120000 ޑޮލަރަށް ވިއްކުމަށް ހުށަހަޅައިފިއެވެ.

އާޓް މާކެޓް ވެބްސައިޓެއް ކަމަށްވާ އާޓްނެޓުން ބުނީ މިގޮތަށް ތިން ދޮންކެޔޮވައް ހަދާފައިވާއިރު އޭގެ ތެރެއިން ދެ ދޮންކެޔޮވައް ވިކިއްޖެ ކަމަށާއި މިހާރު އޮތީ ފަހު ވައް ކަމަށެވެ. އަދި އޭގެ އަގު 150000 ޑޮލަރާ ކައިރިކުރަމުން އަންނަ ކަމަށެވެ.

މި މަސައްކަތަކީ އާޓިސްޓެއް ކަމަށްވާ މައުރިޒިއޯ ކަޓެލަން ބުދަ ދުވަހު ޕެރިސްގައިވާ ކޮންޓެމްޕަރަރީ އާޓް ގެލަރީއަކަށް ހުށަހަޅާފައިވާ މަސައްކަތެކެވެ. މިއީ 15 އަހަރު ތެރޭގައި މައުރިޒިއޯ މައުރަޒަކަށް އޭނާ ތައްޔާރުކޮށްފައިވާ އާޓެއް ހުށަހެޅި ފުރަތަމަ ފަހަރެވެ.

"ކޮމީޑިއަން" ގެ ނަން ދީފައިވާ މި އާޓް ޕީސްއަކީ މިއާމީގެ ގްރޮސަރީ ސްޓޯރަކުން އޭނާ ގަނެފައިވާ ދޮންކެޔޮތަކަކުން ތައްޔާރު ކުރި އެއްޗެކެވެ. ދޮންކެޔޮ ވަކެއްގައި ޓޭޕް އަޅާލުމުން އޭނާގެ އާޓް ޕީސް ފުރިހަމަ ވެއެވެ.

މައުރަޒުގެ ވެރިފަރާތުން ސީއެންއެންއަށް މައުލޫމާތު ދެމުން ބުނީ އެ ދޮންކެޔޮވައްތައް ރަމްޒުކޮށްދެނީ ގްލޯބަލް ޓްރޭޑް ކަމަށެވެ. އަދި އޭގައި ހިއުމާ ވެސް ހިމެނުން އެއީ މި އާޓް އެހާ މަގުބޫލު ވާ ސަބަބު ކަމުގައި އޭނާ ބުންޏެވެ.

އެންމެ ފަހު ދޮންކެޔޮވަކުގެ އަގު އަރަމުން އަންނަ އިރު އެ ގަންނަން ބޭނުންވާ ފަރާތްތަކުން ސަމާލު ކަން ދޭން ޖެހޭކަމަކީ ދޮންކެޔޮވައް ހަލާކުވުމުން ދެން ހަދަން ޖެހޭނެ ގޮތެއް ބުނެދީފައި ނުވާތީއެވެ.

މައުރަޒުގެ ވެރިފަރާތުން އިތުރަށް ބުނީ މައުރިޒިއޯ މި މަސައްކަތް ކުރުމަށް މީގެ އެއްއަހަރު ކުރިން ވިސްނާފައިވާކަމަށެވެ.

"ކުރިން އޭނަ ބޭނުންވީ ދޮންކެޔޮ ގޮތަށް ހުންނަ ސްކްލަޕްޗާއެއް ހަދަން. ކޮންމެ ފަހަރަކު ދަތުރުކުރާއިރު ދޮންކެޔޮ ވަކެއް ގަނެ ހޮޓަލުގެ ކޮޓަރީގައި އެލުވައިގެން އޭގެން އޭނާ އިންސްޕިރޭޝަން ހޯދާ. އެކި ކަހަލަ މޮޑެލްސް ތައްޔާރު ކުރި. އޭގެ ތެރޭގައި ދޮންކޭލުގައި ބްރޮންޒް ކުލަ ޖެއްސުން ފަދަ ކަންކަން ހިމެނޭ. އެންމެ ފަހުން އަސްލު ދޮންކެޔޮވަކެއް ބޭނުން ކުރަން ނިންމީ" މައުރަޒުގެ ވެރިފަރާތުން ދިން އިންޓަވިއުގައި ބުންޏެވެ.