ޚަބަރު

ޑރ. ޝަހީމަށް ދައުވާކުރުމަށްވުރެ މަޖިލިސްގެ ރައީސް ދައްކާފަހުރި ވާހަކަތައް ބަލައި ފިޔަވަޅުއެޅުން މުހިންމު: ޒައިދު

އާނިފާ ހުސެއިން ސިރާޖް

1

އަވަހާރަ ކޮށްލާފައިވާ ޑރ. އަފްރާޝީމް އަލީގެ މަރުގެ މައްސަލައިގައި ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދަށް ދައުވާކުރުމަށްވުރެ އެ މައްސަލައިގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ދައްކާފަހުރި ވާހަކަތައް ބަލައި، ފިޔަވަޅު އެޅުން މުހިންމު ކަމަށް ޝެއިހް އަލީ ޒައިދު ވިދާޅުވެއްޖެއެވެ.

ޝެއިހު އަލީ ޒައިދު މިހެން ވިދާޅުވީ ޑރ. އަފްރާޝީމްގެ މަރުގެ މައްސަލައިގައި ދޮގު މައުލޫމާތު ދިން ކަމުގެ ތުހުމަތުގައި ޑރ.ޝަހީމްގެ މައްޗަށް ދައުވާ ކުރަން ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހަށް މިއަދު ފޮނުވުމާ ގުޅިގެންނެވެ.

ޑރ. އަފްރާޝީމްގެ މަރުގެ މައްސަލައިގައި އެކުލަވާލި ރިޕޯޓު ކޮމިޝަނުން އާއްމު ކުރި އިރު، ޑރ. ޝަހީމްގެ މައްޗަށް ވަނީ ތުހުމަތުތަކެއް ކޮށްފައެވެ.

ޒައިދު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ޑރ.ޝަހީމަށް ދައުވާ ކުރި މައްސަލަ ބަލަން މާދަމާ ސުޕްރީމްކޯޓުގައިވެސް އިންނާނީ އެ މައްސަލައިގައި ދައުވާކުރަން ފޮނުވި ބޭފުޅާ ކަމަށެވެ.

"ޝަހީމަށް ދައުވާކުރަން ފޮނުވާ ބޭފުޅާ މާދަމާ އެ މައްސަލަ ބަލަންވެސް ސުޕްރީމް ކޯޓުގަ! މީ ޖޯކެއް ނޫންތޯ؟" ޒައިދު ވިދާޅުވިއެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟