ޚަބަރު

34 މީހުންނާއެކު ދަތުރުކުރަމުންދިޔަ ސަފާރީއެއް ގިރިއަކަށް އަރައިފި

ގިނަ އަދަދެއްގެ ފަތުރުވެރިން ތިބި ސަފާރީއެއް ގިރިއަކަށް އަރައިގެން އެމްއެންޑީއެފުން ހަރަކާތްތެރިވާން ފަށައިފިއެވެ.

އެމްއެންޑީއެފުން ބުނީ، މިއަދު 4:35 ހާއިރު ރިޕޯޓް ލިބުނު އެ ހާދިސާގައި 22 ފަތުރުވެރިންނާއެކު ޖުމްލަ 34 މީހުން ތިބި "އިރުވައި" ނަމަކަށް ކިޔާ އެ ސަފާރީ އަރާފައިވަނީ އދ. މޫފުށީގެ އިރު ދެކުނުން 4.7 ނޯޓިކަލް މޭލު ބޭރުގައި އޮތް ގިރިއަކަށް ކަމަށެވެ.

އެ ސަފާރީއަށް އެހީތެރިކަން ފޯރުކޮށްދިނުމަށް އެމްއެންޑީއެފް މާލެ އޭރިއާ ކޯސްޓް ގާޑު ސްކޮޑްރަން އިން ހަރަކާތްތެރިވާން ފަށާފައިވާ ކަމަށް ވެސް އެމްއެންޑީއެފުން ބުނެއެވެ.