ޚަބަރު

ފަށެއް ވިއްކަން ގެއަކަށް ވަން މީހަކަށް ހަމަލާދީ ބޯ ފަޅާލައިފި

ގަލޮޅު ގެއެއްގެ ތެރޭ ހިނގި ހަމަނުޖެހުމެއްގައި ފިހިގަނޑަކުން ހަމަލާދީ މީހެއްގެ ބޯ ފަޅާލައިފިއެވެ.

ފުލުހުން ބުނީ، މިއަދު 15:16 ހާއިރު ހުށަހެޅި އެ ހަމަނުޖެހުން ހިނގީ ދެ މީހަކު ފަށެއް ވިއްކަން ވަނުމުން ކަމަށެވެ. އެގޮތުން އެގޭގެ ހުރި މީހަކު ފަށް ވިއްކަން ވަން ދެމީހުންގެ ތެރެއިން އެކަކަށް ފިހިގަނޑުން ހަމަލާދިނުމުން، އޭނާގެ ބޮލަށް ޒަހަމްތަކެއް ލިބުނު ކަމަށް ފުލުހުން ބުނެއެވެ.

ފުލުހުން ބުނީ، ޒަހަމްވެފައިވަނީ 26 އަހަރުގެ ދިވެހި ފިރިހެނަކަށް ކަމަށާއި އޭނާއަށް މިހާރު އައިޖީއެމްއެޗްގައި ފަރުވާ ދީފައިވާ ކަމަށެވެ.

އެ މައްސަލަ ފުލުހުން މިހާރުދަނީ ތަހުގީގު ކުރަމުންނެވެ.