ބޮލީވުޑް

މުމްބާއީ އެއާޕޯޓުގައި ކާތިކް އަދި ދީޕިކާ ނަށާ ވީޑިއޯއެއް ވައިރަލް ވެއްޖެ

ކާތިކް އާރްޔަން އަދި ދީޕިކާ ޕަޑުކޯން މުމްބާއީ އެއާޕޯޓުގައި ނަށާ ވީޑިއޯއެއް މީސް މީޑިއާގައި ވައިރަލް ވެއްޖެ އެވެ.

ތަރިންގެ ފަހަތުން އެއާޕޯޓަށް ދާ ޕަޕަރާޒީންނަށް ފޮޓޯ ނުވަތަ ވީޑިއޯ ނަގަން ކުރީން ލިބެނީ ތަފާތު ސްޓައިލެއްގައި ނުވަތަ ތަފާތު ހެދުމެއްގައި ހުންނަ ތަރިއެކެވެ. އެކި ސްޓައިލްގެ ހެދުންތަކެވެ. ނަމަވެސް މިފަަހަރު މިއޮތީ މުޅިން ތަފާތު ކަމެއް ފެނިފައެވެ.

ވައިރަލްވި ވީޑިއޯގައި ކާތިކް އާއި ދީޕިކާ ނަށަމުން ދިޔައީ ކާތިކްގެ ކުރިއަށް ރިލީސްކުރަން އޮތް ފިލްމު 'ޕަތީ ޕަތްނީ އޯރު ވޯ" ގައި ހިމެނޭ ލަަވައެއް ކަމަށްވާ "ދީމީ ދީމީ" އަށެވެ. ވީޑިއޯއިން ފެންނަ ގޮތުގައި ދެތަރިންވެސް ނަށާފައިވަނީ އެއާޕޯޓު ބޭރުގައެވެ. އަދި އެތަން ހުރަސްކުރި ގިނަ ދަތުރުވެރިންވަނީ އެ ނެށުން އެންޖޯއީކޮށްފައެވެ.

މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި މިދެތަރިންވެސް އެއާޕޯޓުން ބައްދަލުވެފައި ވަނީ އިއްތިފާގުންނެވެ. ވީޑިއޯއާއި ފޮޓޯތައް ފުރަތަމަ ހިއްސާކުރީ ކާތިކްގެ އަމިއްލަ އިންސްޓަގްރާމުގައެވެ.

ވީޑިއޯގައި ލަވައިގެ ސްޓެޕްސްތައް ކާތިކް ދީޕިކާއަށް ދަސްކޮށްދޭތަންވެސް ފެނިގެންދެއެވެ.

މިއީ ބޮލީވުޑްގެ ތަރިން މިކަހަލަ ކަމެއް ރިހާސަލަކާ ނުލައި، މި ފަދަ ގޮތަކަށް ކުރި ފުރަތަމަ ފަހަރު ކަމަށް ބުނެ އެދެ ދެތަރިންނަށް ގިނަ ބަޔަކު އަންނަނީ ތައުރީފު ކުރަމުންނެވެ.

ފިލްމު ޕަތީ ޕަތުނީ އޯރު ވޯ ރިލީސް ކުރަނީ މިމަހު ހައެއްގައެވެ.