ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު

ޑރ. ޝަހީމް ޝެއިޚް އިލިޔާސަށް: މިއީ ތިޔަ ބޭފުޅުން އުފެއްދި ހާލަތެއް

އާނިފާ ހުސެއިން ސިރާޖް

މިއަދު ރާއްޖެ މިއޮތް ހާލަތަކީ ޝެއިހް އިލްޔާސް ހުސައިން މެން އުފެއްދެވި ހާލަތެއް ކަމަށާއި ގައުމަށް ޣައްދާރުވެ ވަޑައިގަތީ އެނގިތިބެ ކަމަށް ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ތުހުމަތު ކުރައްވައިފިއެވެ.

ޑރ. ޝަހީމް މިހެން ވިދާޅުވީ ފުލުހުންނާއި ސިފައިން އަނދިރި ދައުލަތަށް ބައިއަތު ހިފައިފި ކަމަށް ރައީސް ނަޝދު ވިދާޅުވުމާ ގުޅިގެން ޝެއިހު އިލްޔާސް ކުރެއްވި ޓުވީތަކަށް ޖަވާބުދެއްވަމުންނެވެ.

ޝެއިހް އިލްޔާސް ވިދާޅުވީ ދިވެހި ގައުމިއްޔަތުގެ އަސާސްތައް ހިމާޔަތްކޮށް، ރައްކާތެރިކަމަށް ފުރާނަ ގުރުބާންކުރަން ތައްޔާރަށް ތިއްބެވި ދިވެހި ފަހުރުވެރި ފުލުހުންނާއި ގައުމީ ދިފާއީ ބާރުކަމުގައިވާ އެމްއެންޑީއެފް ބަދުނާމުކޮށް ގައުމިއްޔަތުގެ ދުޝްމަނުން ދޮގު ފެތުރުމީ ބޮޑު ގޯހެއް ކަމަށެވެ. އަދި ދިފާއީ ބާރުތަކުން އިސްލާމީ ވަހުދަތާއި މިނިވަންކަން ދަމަހައްޓާނެ ކަަމަށްވެސް ޝެއިހް އިލްޔާސް ވިދާޅުވިއެވެ.

މިއަދު ހެނދުނު، ކުޑަކުދިންގެ ހައްގުތަކާއި ކުޑަކުދިންގެ އަދުލުގެ ނިޒާމާއި ބެހޭ ސެމިނާރުގައި ވާހަކަފުޅުދައްވަމުން ރައީސް ނަޝީދު ވިދާޅުވީ އަޅުގަނޑުމެންގެ އަމަން ބަލަހައްޓަން ތިބި މީހުން އަނދިރި ދައުލަތަށް ބައިއަތު ހިފާފައިވާ ކަމަށެވެ.