ޓޭސްލާގެ "ސައިބަރ ޓްރަކް" ގަތުމަށް ލައްކައަކަށްވުރެން ގިނަ މީހުން ޕްރީއޯޑަރު ކޮށްފި ކަމަށް ޓެސްލާއިން ބުނެފިއެވެ.
"ސައިބަރ ޓްރަކް" އަކީ ގިނަދުވަހު ބޭނުންކުރެވޭ ގޮތަށް ހަދާފައިވާ ވަރުގަދަ އުޅަނދެކެވެ. ޓެސްލާއިން ހާމަކުރާގޮތުގައި މިއީ ބުލެޓްޕްރޫފް އުޅަނދެކެވެ. ލޮސްއެންޖަލިސްގައި މިދިޔަ ހަފުތާގައި "ސައިބަރ ޓްރަކް" ތައާރަފު ކުރުމަށް ބޭއްވި ޝޯގައި ވަނީ "ސައިބަރ ޓްރަކް"ގެ ވަރުގަދަކަން ދައްކާލާފައެވެ.
ޓެސްލާއިން ބުލެޓްޕްރޫފް ކަމަށް ބުނެފައިވީ ނަމަވެސް، "ސައިބަރ ޓްރަކް" ގައި ދަގަނޑު ބޯޅައަކުން ޖެހުމުން ވަނީ ބިއްލޫރިގަނޑުގައި ރެނދު އަޅައިފަ އެވެ. ޓެސްލާގެ އޮފިޝަލުން ވަނީ އެރަސްމިއްޔާތުގައި އެކިޓެސްޓުތައް ކޮށްފައެވެ. ނަމަވެސް ދަގަނޑު ބޯޅައިން ޖެހުމުން ބިއްލޫރިގަނޑުގައި ރެނދުލުން އެއީ އުއްމީދު ނުކުރާ ކަމެއްކަމަށް ބުނެ މިކަން ހައްލު ކޮށްދޭނެކަމަށް ޓެސްލާއިން ވަނީ ބުނެފައެވެ. ޓެސްލާއިން ވަނީ އިވެންޓުގެ ކުރިން ވެސް އެތަކެއް ޓެސްޓުތަކެއް ކޮށްފައިކަމަށް އޮފިޝަލުން ވަނީ ބުނެފައެވެ.
39،900 ޑޮލަރުގެ އަގުހުރި "ސައިބަރ ޓްރަކް" އަކީ އިލެކްޓްރިކް ވެހިކަލެކެވެ.