މެރާކީ ކޮފީ ރޯސްޓާސްގެ ބިއްލޫރިގަނޑު ތަޅާލައި ގެއްލުންދިން މައްސަލަ ބަލަމުން އަންނަ ކަމަށް ފުލުހުން ބުނެފިއެވެ.
ފިރިހެނެއް ގޮތަށް ހެދުން އަޅާ އައިމިނަތު އީނާސް މަސައްކަތް ކުރާ މެރާކީ ރެސްޓޯރަންޓަށް ގެއްލުންދީފައި މިވަނީ، އޭނާ ހެދުން އަޅާ ގޮތަށް ސޯޝަލް މީޑިއާގައި ފުރައްސާރަ ކުރާތާ ދުވަސްތަކެއް ފަހުން ރޭގެ ވަގުތެއްގައެވެ.
ފުލުހުން ބުނީ މެރާކީ ކޮފީ ރޯސްޓާސްގެ ބިއްލޫރިގަނޑު ތަޅާލައި ގެއްލުންދިން ކަމުގެ މައުލޫމާތު ފުލުހުންނަށް ލިބުނީ ރޭ 11:13 އެހާކަންހާއިރު ކަމަށެވެ. އަދި އެ މައްސަލަ ބަލަމުން އަންނަ ކަމަށާއި މިހާތަނަށް އެއްވެސް މީހަކު ހައްޔަރު ކޮށްފައި ނުވާ ކަމަށްވެސް ފުލުހުން ބުންޏެވެ.
އެތަނުގެ ބިއްލޫރިގަނޑު ތަޅައިލުމަށް އެއްލި ގާގަނޑާއެކު އިންޒާރު ދީފައިވާ ކަރުދާސް ކޮޅެއް ވެސް ހިމެނެއެވެ.
އެ ކަރުދާސް ކޮޅުގައި ލިޔެފައިވަނީ "އަންހެން ------ ފިރިހެން ނުވައްޗޭ. ފިރިހެނުން އަންހެން ނުވައްޗޭ،" މިހެންނެވެ.