ޚަބަރު

ގދ. ތިނަދޫގައި ޒުވާނަކަށް ހަމަލާދީ ޒަހަމުކޮށްލައިފި

ގދ. ތިނަދޫގައި ޒުވާނަކަށް ހަމަލާދީ ޒަހަމުކޮށްލައިފިއެވެ.

ފުލުހުން ބުނީ ތިނަދޫގައި 25 އަހަރުގެ ފިރިހެނެއްގެ އަތަށް ދެ މީހަކު ވެގެން ހަމަލާދީފައިވާ މައްސަލައެއް މިރޭ 11:05 ހާއިރު ހުށަހަޅާފައިވާ ކަމަށެވެ.

ޒަހަމުވި މީހާ ފުލުހުންގެ ވެހިކަލުގައި ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލަށް ގެންދެވި ފަރުވާ ދެމުން އަންނަ ކަމަށާއި އެމީހާގެ ހާލު ސީރިއަސް ނޫން ކަމަށް ފުލުހުން މައުލޫމާތުދެއެވެ.

ފުލުހުން ބުނީ އެ މާރާމާރީ ހިންގި ކަމަށް ތުހުމަތުކުރެވެނީ 32 އަހަރާއި 26 އަހަރުގެ ފިރިހެނެއް ކަމަށާއި އެމީހުން މިރޭ 12:23 ހާއިރު ހައްޔަރުކޮށްފައިވާ ކަމަށެވެ. ފުލުހުން އަންނަނީ އެ މައްސަލަ ތަހުގީގުކުރަމުންނެވެ.