އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓް 366 މިލިއަން ރުފިޔާ އިތުރުކޮށް، ރައްޔިތުންގެ މަޖިލީހުގެ ބަޖެޓް ކޮމިޓީން ފާސްކޮށްފިއެވެ.
ބަޖެޓް ކޮމިޓީން މިރޭ 37.8 ބިލިއަން ރުފިޔާގެ ދައުލަތުގެ ބަޖެޓް ފާސްކޮށްފައިވަނީ ބައްދަލުވުމުގައި އަޣުލަބިއްޔަތުންނެވެ. ފިނޭންސް މިނިސްޓްރީން މަޖިލީހަށް ފޮނުވީ 37.5 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ.
ބަޖެޓަށް އިތުރުކޮށްފައިވާ ފައިސާގެ ތެރެއިން ބޮޑު ބައެއް ޕީއެސްއައިޕީގެ ޕްރޮޖެކްޓްތަކަށް ހޭދަކުރާ އިރު، ބަޖެޓަށް އިތުރުވި އަދަދަށް ފައިސާ ހޯދުމަށް ހަމަޖެހިފައިވަނީ 929 މިލިއަން ރުފިޔާގެ ޓީބިލް ވިއްކައިގެންނެވެ.
ބަޖެޓުގެ އަދަދު އިތުރުވެގެންދިއުމާއެކު ބަޖެޓް ޑެފިސިޓް ވެސް އިތުރުވެގެންދާނެއެވެ.