ޚަބަރު

ދިގު ކިއުގައި ނުޖެހި ސަލާމަތްވުމަށް، ވަގުތު އޮއްވާ އެއާޕޯޓަށް ދިއުމަށް އިލްތިމާސްކޮށްފި

އާނިފާ ހުސެއިން ސިރާޖް

ކުރިއަށް އޮތީ ބޮޑު ޗުއްޓީގެ ދުވަސްވަރު ކަމުން، އެއާޕޯޓުން ގިނަ ބަޔަކު އަތޮޅުތެރެ އަށާއި ރާއްޖޭން ބޭރަށް ފުރާނެތީވެ، ދިގު ކިއުތަކުގައި ޖެހުމުން ސަލާމަތްވުމަށް ވަގުތު އޮއްވާ އެއާޕޯޓަށް ދިއުމަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް ހިންގާ، މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޑެޓް (އެމްއޭސީއެލް) އިން އިލްތިމާސްކޮށްފިއެވެ.

އެމްއޭސީއެލުން ބުނީ، އިންޓަނޭޝަނަލް އެއާޕޯޓުން ރާއްޖެއިން ބޭރަށް ދަތުރު ކުރައްވާ ބޭފުޅެއްނަމަ ފުރަން ހަމަޖެހިފައިވާ ވަގުތުގެ ތިން ގަޑިއިރު ކުރިން އެއާޕޯޓަށް ދިއުމަށް އެދޭ ކަމަށެވެ. އަދި އަތޮޅުތެރެއަށް ދަތުރުކުރާނަމަ ފުރަން ހަމަޖެހިފައިވާ ވަގުތުގެ ދެ ގަޑިއިރު ކުރިން އެއާޕޯޓަށް އައުމަށް އިލްތިމާސް ކުރެއެވެ.

މިގޮތުން ދިގު ކިއުތަކުގައި ޖެހުން މަދުކުރެވި ފްލައިޓު ޑިލޭވުންފަދަ ކަންކަމުން ސަލާމަތް ކުރެވޭނެ ކަމަށް އެމްއޭސީއެލުން ބުނެއެވެ.

އަހަަރީ ބޮޑު ޗުއްޓީ އާއި ފަތުރުވެރިކަމުގެ ޕީކް ސީޒަން ގޮތުގައި ވެފައި އޮންނަ ނޮވެމްބަރު ފަހުކޮޅުން ޖެނުއަރީއަކީ އެއާޕޯޓަށް އަބަދުވެސް ބާރުބޮޑު ދުވަސްވަރެކެވެ.