ވޯލްޑް ކަޕް ކޮލިފައިން

ވޯލްޑް ކަޕް ކޮލިފައިން: ރާއްޖެ 3-1 ގުއާމް (ފުލްޓައިމް)

19 Nov 17:57

މެޗުގެ ފުރިހަމަ ވަގުތުގެ ކުޅުން ނިންމާލައިފި. މެޗު ނިމިގެންދިޔައީ 3-1ގެ ނަތީޖާއަކުން ރާއްޖެ ކުރީގައި އޮވެގެން.

19 Nov 17:49

90+' ރާއްޖެއިން އަނެއްކާވެސް ލީޑު ފުޅާކޮށްފި. ރާއްޖެއަށް އެ ލަނޑު ކާމިޔާބުކޮށްދިނީ ދަގަނޑޭ. ޕެނަލްޓީ އޭރިއާ ބޭރުން ގުއާމްގެ ކީޕަރު ޖެފްރީ ޖަޔޭ ދިފާއުކުރަން ފޮނުވާލި ބޯޅަ ގޯލުގެ ތެރެއަށް ވަދެފައިވަނީ ދަގަނޑޭގެ ގައިގައި ޖެހިފައި.

19 Nov 17:46
19 Nov 17:42

82' ދަގަނޑޭ ނަގައިދިން ކޯނަރުން ޕެނަލްޓީ އޭރިއާ ތެރެއިން އަކޫ ފޮނުވާލި ހަމަލާ، ގުއާމްގެ ގޯލާ އަމާޒެއް ނުވި.

19 Nov 17:41

ދަގަނޑޭ ފޮނުވާލި ހިލޭ ޖެހުން ގުއާމްގެ ޑިފެންޑަރެއް ބޮލުގައި ޖެހިފައި ކޯނަރަކަށް ބޭރުވެއްޖެ.

19 Nov 17:40

81' ސެންޓޭއަށް ކުރި ފައުލަކާ ގުޅިގެން ގުއާމްގެ ޕެނަލްޓީ އޭރިއާ ބޭރުން ރާއްޖެއަށް ހިލޭ ޖެހުމެއް.

19 Nov 17:38

80' ރާއްޖޭގެ ފަހު ބަދަލު. ރިޒޭގެ ބަދަލުގައި ކުޅެން ނުކުތީ އަލީ ފާސިރު (ސެންޓޭ).

19 Nov 17:31
19 Nov 17:27

69' ރާއްޖޭގެ ހާފްގެ ތެރެއިން ޖަސްޓިން ޑޭވިޑަށް ކުރި ފައުލަކާ ގުޅިގެން ހައިޝަމަށް ރީނދޫ ކާޑެއް ދައްކައި، ގުއާމަށް ހިލޭ ޖެހުމެއް ދީފި.

19 Nov 17:25

67' ރާއްޖެއިން ބަދަލެއް. ދާދުގެ ބަދަލުގައި ކުޅެން ނުކުތީ ހަސަން ނަޒީމް (ޗޯޓު). އޭނާއަކީ ގައުމީ ޓީމުގެ އެންމެ ހަގު ކުޅުންތެރިޔާ.

19 Nov 17:22

61' ރާއްޖެއަށް ފުރުސަތެއް. ހަމްޕު ދިން ބޯޅައަކުން ޕެނަލްޓީ އޭރިއާ ތެރޭ ހުސްކޮށް ހުރެ ރިޒޭ ފޮނުވާލި ހަމަލާ އަމާޒުވީ ގުއާމްގެ ކީޕަރު ޖެފްރީ ޖަޔޭއާ ދިމާއަށް.

19 Nov 17:17

58' ގުއާމް އިން ބަދަލެއް. މައިކް ކްރޯލީގެ ބަދަލުގައި ކުޅެން ނުކުތީ ކައިލް ހޯ ހޭލްހޭލް.

19 Nov 17:15
19 Nov 17:15
19 Nov 17:13

ދެވަނަ ހާފަށް ގުއާމް ނުކުތީ ބަދަލަކާއެކު. މާކް ޗާގުއަލަފްގެ ބަދަލުގައި ކުޅެން ނުކުމެފައިވަނީ ޖަސްޓިން ޑޭވިޑް.

19 Nov 17:11

52' ގުއާމްގެ ޕެނަލްޓީ އޭރިއާ ބޭރުން ފޭދޫ އިއްބެ ފޮނުވާލި ހަމަލާ ދިޔައީ ގޯލުގެ އަރިމަތީ ދަނޑި ކައިރިން ބޭރަށް.

19 Nov 17:07

50' ގުއާމް އިން ލަނޑެއް ޖަހައި، ފަރަގު ކުޑަކޮށްފި. ގުއާމަށް އެ ލަނޑު ކާމިޔާބުކޮށްދިނީ ޖޯން މަޓްކިން. އޭނާ އެ ލަނޑު ކާމިޔާބުކުރީ ރާއްޖޭގެ ޕެނަލްޓީ އޭރިއާ ތެރޭ ހުސްކޮށް ހުރެ ބޮލުން ފޮނުވާލި ހަމަލާއަކުން.

19 Nov 17:02

މެޗުގެ ދެވަނަ ހާފުގެ ކުޅުން ފަށައިފި.

19 Nov 17:02
19 Nov 16:48

މެޗުގެ ފުރަތަމަ ހާފުގެ ކުޅުން ނިންމާލައިފި. ފުރަތަމަ ހާފު ނިމިގެންދިޔައީ 2-0ގެ ނަތީޖާއަކުން ރާއްޖެ ކުރީގައި އޮވެގެން.

19 Nov 16:47
19 Nov 16:44

43' ރާއްޖެއަށް ފުރުސަތެއް. ރީތި ކުޅުމަކަށްފަހު ހަމްޕު ދިން ބޯޅައަކުން ގުއާމްގެ ޕެނަލްޓީ އޭރިއާ ތެރޭ ހުސްކޮށް ހުރެ ދަގަނޑޭ ފޮނުވާލި ހަމަލާ ދިޔައީ ގޯލުގެ އަރިމަތީ ދަނޑި ކައިރިން ބޭރަށް.

19 Nov 16:43

'43 ޕެނަލްޓީ އޭރިއާ ބޭރުން ރިޒޭ ފޮނުވާލި ހަމަލާ، އަމާޒުވީ ގުއާމްގެ ކީޕަރު ޖެފްރީ ޖަޔޭއާ ދިމާއަށް.

19 Nov 16:41
19 Nov 16:40
19 Nov 16:38

37' ރާއްޖެއިން ލީޑު ފުޅާކޮށްފި. ހައިޝަމް ނަގައިދިން ހުރަސް، ގޯލުގެ ތެރެއަށް ވަދެފައިވަނީ ޕެނަލްޓީ އޭރިއާ ތެރޭ ހުރި ގުއާމްގެ ޑިފެންޑަރު ޓްރޭވިސް ނިކްލޯ އަތުން ބައިކޮޅަށް.

19 Nov 16:34

34' ދަގަނޑޭ ކުރި ފައުލަކާ ގުޅިގެން އަމިއްލަ ހާފުގެ ތެރެއިން ގުއާމަށް ހިލޭ ޖެހުމެއް.

19 Nov 16:31

މެޗުގައި ގުއާމަށް ލަނޑު ޖަހާނެ ރަނގަޅު ފުރުސަތެއް ލިބިފައެއް ނުވޭ.

19 Nov 16:30
19 Nov 16:28

28' ރާއްޖެއިން ބަދަލެއް. ސަމުއްޓޭއަށް ލިބުނު އަނިޔާއަކާ ގުޅިގެން އޭނާގެ ބަދަލުގައި ކުޅެން ނުކުތީ ހައިޝަމް ހަސަން.

19 Nov 16:26

މިއަދުގެ މެޗު ބައްލަވައިލެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދާއި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމާއި ޔޫތު މިނިސްޓަރު އަހްމަދު މަހުލޫފު އަދި ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ދަނޑަށް ވަޑައިގެންނެވި.

19 Nov 16:26

މިވަގުތު ސަމުއްޓޭއަށް އަނިޔާވެގެން އަންނަނީ ފަރުވާ ހޯދަމުން.

19 Nov 16:24

23' ރާއްޖެއިން ލީޑު ހޯދައިފި. ދަގަނޑޭ ނަގައިދިން ކޯނަރަކުން ރާއްޖެއަށް އެ ލަނޑު ކާމިޔާބުކޮށްދިނީ ސަމުއްޓޭ. އޭނާ އެ ލަނޑު ކާމިޔާބުކުރީ ޕެނަލްޓީ އޭރިއާ ތެރޭ ވަރަށް ހުސްކޮށް ހުރެ ބޮލުން ފޮނުވާލި ހަމަލާއަކުން.

19 Nov 16:23

ރާއްޖޭގެ މެދުތެރެއިން އެންމެ ރަނގަޅު ކުޅުމެއް އަދި ނުފެނޭ. ފޯވަޑުންނަށް ރަނގަޅު ބޯޅަތަކެއް ސަޕްލައިކޮށްދެވިފައެއް ނުވޭ.

19 Nov 16:22

21' ރާއްޖެއަށް ހެދުނު ގޯހަކުން ލިބުނު ބޯޅައަކުން ޕެނަލްޓީ އޭރިއާ ބޭރުން ގުއާމްގެ ޖޯން މެޓްކިން ފޮނުވާލި ހަމަލާ، ރާއްޖޭގެ ގޯލާ އަމާޒުވެފައެއް ނުވޭ.

19 Nov 16:17
19 Nov 16:17
19 Nov 16:16

16' ދާދު ދުރުން ފޮނުވާލި ހަމަލާ ގުއާމްގެ ގޯލާ އަމާޒެއް ނުވި.

19 Nov 16:15

ފުރަތަމަ 15 މިނެޓުގެ ކުޅުން ނިމުނު އިރު، ގިނަ ފައުލުތަކެއް ކޮށްފައިވާކަން ފާހަގަކޮށްލެވޭ. ގުއާމްގެ ދެ ކުޅުންތެރިޔަކަށް ވަނީ ރީނދޫ ކާޑެއް ވެސް ދައްކާފައި.

19 Nov 16:11

ވޯލްޑް ކަޕް ކޮލިފައިންގައި ރާއްޖެ އާއި ގުއާމް ބައްދަލުކުރާ މެޗުގެ ލައިވް ކަވަރޭޖަށް "ވަން"ގެ ކިޔުންތެރިންނަށް މަރުހަބާ!

މިއަދުގެ މެޗަށް ދެ ޓީމު ނުކުންނަަ އިރު:

  • ގުއާމްގައި މީގެ ކުރިން ކުޅުނު މެޗުން ރާއްޖެ ވަނީ މޮޅުވެފައި. އެ މެޗުން ރާއްޖެ މޮޅުވީ 1-0ގެ ނަތީޖާއަކުން.
  • މިވަގުތު ރާއްޖެ އޮތީ ތިން ޕޮއިންޓާއެކު ގްރޫޕުގެ ހަތަރުވަނައިގައި.
  • ގުއާމް ކުޅުނު ހަތަރު މެޗުން ވެސް ވަނީ ބަލިވެފައި.