ބޮލީވުޑް

ގުޑް ނިއުޒް ޓްރެއިލާ: އަކްޝޭ އާއި ކަރީނާގެ "ބޭބީ ޑްރީމް"

ފިލްމު ގުޑް ނިއުޒްގެ ޓްރެއިލާ ރިލީސްކޮށްފިއެވެ.

ފިލްމުގައި އަކްޝޭ ކުމާރު އަދި ކަރީނާ ކަޕޫރު އެކީގައި ސިލްވާ ސްކްރީނުން ފެނިގެންދާކަމީ ދެތަރިންގެ ފޭނުންވެސް އެއަށް އިންތިޒާރު ކުރާކަމެކެވެ. ފިލްމަކީ އައިވީއެފް އަށް ހޭލުންތެރިކުރުމަށް ހަދާފައިވާ ފިލްމެއް ނަމަވެސް އޭގައި ވަނީ މަޖާ ޓުވިސްޓުތައް ހިމަނައިފައެވެ.

ދަރިއެއް ހޯދުމުގެ ބޭނުމުގައި ފިލްމުގައި އަކްޝޭ އާއި ކަރީނާ މެޑިކަލް އެހީ ހޯދައެވެ. ދަރިއެއް ހޯދުމުގެ މަސައްކަތުގައި މިދެތަރިން އުޅެނިކޮށް ދިމާވަނީ ކިއާރާ އަދްވާނީ އައި ދިލްޖިތު ދޯސަންޖް އާއެވެ. ދަރިޔަކު ހޯދުމަށް މި ދެ ކަޕަލްވެސް އައިވީއެފް ހެދުމަށް އުޅުމުގެ ތެރޭން ބައްދަލުވެ އަކްޝޭ އާއި ދިލްޖިތުގެ ދަރިފަނި އޮޅެއެވެ. އެހާދިސާއާ ގުޅިގެން ދިމާވާ ޑްރާމާ، އިމޯޝަން އަދި މަޖާ ކަންތައްތައް ފިލްމުން ފެނިގެންދެއެވެ.

ރާޖް މެހެތާ ޑައިރެކްޓް ކޮށްފައިވާ ފިލްމު ގުޑް ނިއުޒް ޝޫޓިން ފެށުނީ މިދިޔަ ނޮވެމްބަރުގައެވެ. ފިލްމު ރިލީސްކުރަން ހަަމޖެހިފައިވަނީ ޑިސެމްބަރު 27ގައެވެ. އެއީ ސަލްމާންގެ ޑަބަންގް ތިނެއް ރިލީސްކުރާތާ އެއް ހަފުތާ ފަހުންނެވެ.